}

Friday, October 4, 2019

ކިތަންމެ ބައްތިއެއް ބޭލިޔަސް އޭގެ ހުޅުކޮޅު ނިއްވާލާނަމެވެ!


އިހު ރާއްޖެއަށް މުދާ ހިފައިގެން އަންނަ ބޮޑެތި ބޯޓްފަހަރު ބަނދަރަށް ލެފުމުން އެ ބޯޓްފަހަރު ބަލާ ފާސްކުރުމަށް މީހުން އަރައެވެ. އޭރުގެ އޮޑިފަހަރު ފަރުމާ ކޮށްފައިހުންނަ ގޮތުން ގެންނަ މުދާ ބަރުކޮށްފައި ހުންނަނީ ބޯޓްގެ އަޑިއަށް ހަދާފާހުންނަ ފަލްކާގައެވެ. ނުވަތަ ވަތުގައެވެ. އެހެންކަމުން މިގޮތަށް މުދާ ހިފައިގެން އަންނަ ބޯޓްފަހަރު ބަލާ ފާސްކުރުމަށް އޭގެ ފަލްކާއަށް މީހުން ފޭބުމުގެ ކުރިން ވާގަނޑެއް އައްސާފައި ފުޅިބައްތިއެއް ރޯކޮށްފައި ފަލްކާގެ ތެރެއަށް ބާލައެވެ. އިރުކޮޅަކު ބެހެއްޓުމަށްފަހު ވާގަނޑަށް ދަމާ ފުޅިބައްތި ނަގާއިރު އޭގެ ހުޅުކޮޅު ނިވިފައިވާނަމަ ފަލްކާއަށް މީހުންނެއް ނުފައިބާނެއެވެ. މީހުން ފައިބާނީ ބައްތީގެ ހުޅުކޮޅު ނުނިވި ހުރި ނަމައެވެ. އޭގެ ބޭނުމަކީ އެ ފަލްކާގެ ތެރޭގައި އޮކްސިޖަން ހުރި މިންވަރު ވަޒަން ކޮށްލުމެވެ. އަލިފާން ރޯވުމަށް އޮކްސިޖަން ބޭނުންވާތީ އެވަތުގައި އޮކްސިޖަން ނެތްނަމަ ހުޅުކޮޅު ނިވޭނެއެވެ. އެހެންކަމުން އިންސާނަކު ފަލްކާއަށް ބޭލުމުގެ ކުރިން އެތަނުގައި އޮކްސިޖަން ހުރިތޯއާއި، އޭނާއަށް އެތަނުގައި ކެތްވާނެތޯ ބަލާ ވަޒަން ކުރަންޖެހެއެވެ.
މިއަދު އަޅުގަނޑުމެންގެ ތެރެއިންވެސް ފެނިގެން މިދަނީ މިފަދަ މަންޒަރުތަކެކެވެ. "ބައްތި ބޭލުމެވެ." ދިވެހި ރާއްޖެ މިސްރާބު ހިފާފައިވާ ގޮތައް ބަލާއިރު ކޮންމެ މީހަކަށްވެސް ފެންނަނީ ކަޅުކަމާ އަނދިރިކަމެވެ. ނާމާންކަމާ ބިރުވެރިކަމެވެ. އަޅުގަނޑުމެން އެ އަޤީދާއެއްގެ މަތީގައި ސާބިތުވެތިބި ހައްޤު އަޤީދާ ބަލިކަށިކޮށް ނިކަމެތިވަމުންދާކަމުގެ ބިރުވެރި ރަނގަބީލު ޖަހަންފެށީ އަދަކު އިއްޔެއަކު ނޫނެވެ. ނުރައްކަލުގެ މި ރަނގަބީލުހުއްޓުމެއްނެތި ޖަހަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. މި އަޤީދާ ނިކަމެތިކޮށްލުމަށް އަދާވާތްތެރިން ބޭނުންކުރަނީ އިންސާނީ ހައްޤާ، އަންހެނުންގެ ހައްޤާ، ކުޑަކުދިންގެ ހައްޤާ، ޑިމޮކްރަސީ ފަދަ ތަފާތު ނަންތަކެވެ. ނަމަވެސް އެބައިމީހުންގެ ހަޤީޤަތާއި ވިސްނުން މެންދުރުގެ އިރުފަދައިން ސާފެވެ. ބޭނުމަކީ ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނުގެ އަސާސްތަކަށް ދީފައިވާ ލޯތްބާއި ޤަދަރު ކުޑަކޮށްލުމެވެ. އެއްވެސް ހާލެއްގައި ދިވެހިންނަކީ މާ ދީންވެރި ބައެކޭ އަޅުގަނޑު ނުދަންނަވަމެވެ. ދަންނަވާނޭ ޖާގައެއް އޮތްކަމަކަށްވެސް ނުދެކެމެވެ. އެހެނަސް ދެބަސްވެވެން ނެތް ހަޤީޤަތަކީ އިސްލާމްދީނުގެ އަސާސްތަކާއި އެދީނަށް ދިވެހިންގެ ހިތުގައި ދީފައިވާ ލޯތްބާ ގަދަރު ދެމިއޮތްކަމެވެ. ދީނުގެ އަދާވާތްތެރިންނާއި، ދިވެހި ޤައްދާރުން ލޮލުފިޔަނުޖަހާ ބުރަ އެތައް މަސައްކަތްތަކެއް ކުރަމުން ދިޔަނަމަވެސް ގިނަ ދިވެހިންނަކީ އިސްލާމްދީނަށް ލޯބިކުރާ އެދީނުގެ އަސާސްތަކަށް ތަބާވާބައެއްކަމުން އެމީހުންގެ އަޤީދާ ނިކަމެތިކޮށް ހީނަރުކުރުމުގައި އަދާވަތްތެރިންނަށް މާކަބޮޑު ކުރިއެރުމެއް ލިބިފައިނުވާކަމެވެ.
ޤައްދާރުންގެ އެކި ހަމަލާ އެކި ދުވަސްވަރު އެކި ގޮތްގޮތައް ދިވެހިން މިދަނީ ދެކެމުންނެވެ. ހީވެސް ނުކުރާހާ ބާރުމިނެއްގައި އެމީހުންގެ ޕްލޭން ތަންފީޒުކުރުމަށް އެބައިމީހުން ތިބީ ފޫގަޅައިގެންނެވެ. އެ މަސައްކަތުގެ ބޮޅަށް އިތުރުކޮށްލި އައު ބޮޅަކީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމް ޑީ އެން) އިން އިސްލާމްދީނުގައި ހައްދަފަހަނައަޅާފައިވާ މިންވަރު ދެނެގަތުމުގެ ނަމުގައި ހެދި ދިރާސާ ރިޕޯޓްގައި އިސްލާމްދީނާއި އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު އަށް ފުރައްސާރަކޮށް އިސްލާމްދީނުގެ ހައްދުތަކާއި ރަސޫލުﷲ ގެ ސުންނަތުން ސާބިތުވާ މަތިވެރި މުޢުޖިޒާތްތަކަށް މަލާމާތްކޮށް އެއީ ފްލޯކް  ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށްދައްކާ ދިވެހިންނަށް ދޫކޮށްލި ރިޕޯޓެވެ. އެޔާއެކު ދިވެހި އެންމެހާ މުސްލިމް އަޚުންނާއި އުޚްތުންގެ ލޭ ކެކިގަތެވެ. މާދީންވެރި ނޫންނަމަވެސް އިސްލާމްދީނާމެދު އެ އަޚުންނާއި އުޚްތުންގެ ހިތުގައި އޮތް ޤީރަތްތެރިކަމުގެ ހުޅުކޮޅުގެ އަލުންބޮޑުވެ އަދަންފެށިއެވެ. އެއާއިއެކު ދީނުގެ ޤައްދާރުން އެމީހުންގެ މަސައްކަތް ވަޒަންކޮށް ދިވެހިންގެ ހާލަތުދެނެގަތުމަށް ބާލާލި ބައްތީގެ ހުޅުކޮޅު ކަނިކޮށް ނިއްވާލައިފިއެވެ. ހޯހޯ ގޮވަމުން އެމީހުން ބޭލި ބައްތި ނަގާ އަނެއްކާވެސް ކުޑަކޮށް އެއްފަރާތްވެލީއެވެ.
އާނއެކެވެ. އަދާވާތްތެރިން ކުރަމުން އެގެންދާ މަސައްކަތަކީ ދޭތެރެ ދޭތެރެއިން މިފަދަ ރިޕޯޓްތަކާއި، ފޯރަމްތަކާއި، ސޯޝަލް މީޑިއާގެ ގްރޫޕްތަކާއި ޕޭޖްތައް މެދުވެރިކޮށް އިސްލާމްދީނާމެދު ދިވެހިންގެ ހިތުގައި ޝައްކު އުފެއްދުމުގެ މަސައްކަތެވެ. އެއީ ވަކި ރާގަކަށް ހަމަޔަކަށް ފެތިގެން ރޭވިގެން ކުރަމުންގެންދާ މަސައްކަތްތަކެކެވެ. އެގޮތުން އެކަމުގައި މައިގަނޑު ދެ މަޤްޞަދެއް އެބައޮތެވެ. އެއްކަމަކީ މިފަދަ ވާހަކަތައް ދިވެހިންގެ ތެރޭގައި ގިނަ ގިނައިން ފަތުރާ އެފަދަ ވާހަކަ ތަކަކީ އާންމު ވާހަކަތަކެއްކަމުގައި ހެދުމެވެ. އަދި އެވާހަކަތައް މީހުންގެ ކަންފަތުގައި ހަރުލައްވާ އެއީ އާދައިގެ ކަމެއްގެގޮތުގައި ފަތުރާ އާންމުކުރުމެވެ. މިކަމުގެ ދެވަނަ އަދި އެންމެ މުހިންމު މަޤްސަދެއްގެ ގޮތުގައި މިމަސައްކަތް ފުޅާކޮށް ވަރުގަދަކޮށް ދޭތެރެ ދޭތެރެއިން އާންމުގެ ތެރެއަށް ދޫކޮށްލަނީ ބޯޓުގެ ފަލްކާއަށް ބައްތި ބާލާ އުޞޫލުންނެވެ. ދިވެހިންގެ ވިސްނުމާއި އެމީހުންގެ އެ ފިކުރު ދިވެހިން ބަލައިގަންނަމިންވަރު ނުވަތަ އެއަސް ރިއެކްޓްކުރާގޮތް ވަޒަންކޮށްލުމަށެވެ. އެމީހުންގެ އެ ތިރިކުރާ ބައްތީގެ ހުޅުކޮޅު ނިއްވާ ނުލެވިއްޖެނަމަ އެމީހުން ފަލްކާއަށް ފައިބާނެއެވެ. އަދި ދިވެހިންގެ އަޤީދާ ފަސާދަކޮށް މި ލޮބުވެތި ވަޠަނުގައި ޒަމާނުންސުރެ މިއޮތް އިސްލާމްދީނުގެ ނޫރު ކަނިކުރާނެއެވެ. އެހެނަސް ދިވެހި މުސްލިމުން އެމީހުންނަށް އެފުރުޞަތު ނުދޭނެއެވެ. އެމީހުންގެ ބައްތި ނިއްވާލާނެއެވެ. އެއީ ވެރިން އެކަމުގައި ފިޔަވަޅު އެޅިޔަސް ނޭޅިޔަސްވެހެވެ.
މިއަދު ދިވެހި ރާއްޖޭގެ ވެރިކަމުގެ އިސް ސަފުގައި މިފަދަ ލާދީނީ ފިކުރުގެ އެތައް އެތައް ބަޔަކު ތިބިކަމީ ސިއްރުވާހަކައެއް ނޫނެވެ. އަދި ހިނގަމުން ނިއުޅެމުން މިދާ ކަންތައްތަކުގައިވެސް ދިވެހި ދަޢުލަތުގެ ވެރިން ހަނުތިއްބަވާ ޚާއިނުންގެ މަކަރުވެރި މަސައްކަތައް ބީރުކަންފަތެއް ދީގެން އެތިއްބަވަނީކީ ނޭންގުމެއްގެ ތެރެއިންނެއް ނޫނެވެ. ރޭވިގެން ތަންފީޒުކުރެވެމުންދާ މާސްޓަރ ޕްލޭނެއްގެ ތެރެއިންނެވެ. އެހެނަސް ދަންނާށެވެ. ދިވެހި މުސްލިމުން ތިބީ ހޭލައެވެ. ދިވެހި ޒުވާނުންގެ ލެޔާއި، ހިތުގައި ޖަހާވިންދަކީ ހައްޤު ދީނާއި އެދީނުގެ މަތިވެރި ނަބިއްޔާގެ ދިފާޢުގައި ޖަހާވިންދެވެ. ވެރިކަމަކަށް، ޤާނޫނު އަސާސީއަކަށް، އަނިޔާއަކަށް، މަރަކަށް ދިވެހި މުސްލިމުން ނުސިހޭނެއެވެ. އިރު އިރު ކޮޅުން ވަކަރަށްޖަހާ ދިވެހި މުސްލިމުންގެ ޤީރަތްތެރިކަމުގެ އާރު ބަލަން ތިޔަ ކުޅިވަރެއް ކުޅޭނޭކަމެއްނެތެވެ. ދިވެހިންގެ ހިތުގައި ﷲގެ ދީނާ އެދީނުގެ މާތް ރަސޫލާ ގެ މައްޗަށް އޮތް ލޯތްބާއި ޤީރަތްތެރިކަން އެންމެވަރުގަދަ އާރުލާ ވަކަރަށްވުރެ ވަރުގަދަވާނޭކަން ދަންނާށެވެ. ޚަބަރުދާރު ވާށެވެ! ދިވެހިންގެ ދީނާ، ދިވެހިންގެ ޤައުމިއްޔަތާ، އެޤައުމުގެ އަމްނާ އަމާންކަމާއި ކުޅެންނޫޅޭށެވެ. ތިޔަކަން ނުހުއްޓައިފިނަމަ އެބަޔެއްގައި ކަރުގައި ލޭރަހަ ލައްވާނުލާ ހަމަ ހިލާ ދިވެހިން ނުތިބޭނެއެވެ. ޤައުމުގެ ވެރިންނޭވެއެވެ. މިހެން އިރުއިރުކޮޅުން ބައްތި ބާލާތަން ބަލަން ދިވެހިންނަކަށް ކެތެއްނުވާނެއެވެ. އިސްނަންގަވާށެވެ. ދީނާ ޤައުމުގެ ދިފާޢުގައި ފިޔަވަޅު އަޅުއްވާށެވެ. ނޫންނަމަ ނަތީޖާ ހިތިވާނެއެވެ.
ފިދާވާނަމޭ  މާތް މި ދީނުގެ ޝަރަފުގައި
              ހިދާޔަތުގެ ނޫރުން ހިތާމޭ ފުރުމުގައި
ހިލާދޫނުދޭނަން ފުކެއްވެސް މިކަމުގައި
              ފަހާ ބަލިކުރާނަން ޢަދުއްވުން އެކީގައި

Wednesday, April 30, 2014

ދިރިއުޅުމުގެ އެންމެ އަސާސީ ސުވާލު 1

އެމީހުން ހެދިފައިވަނީ ހެއްދެވިފަރާތަކާ ނުލާހެއްޔެވެ؟ ނުވަތަ (އެމީހުންގެ އަމިއްލަ ނަފްސުތައް) ހެދި ބަޔަކީ އެމީހުންހެއްޔެވެ؟ ނުވަތަ އުޑުތަކާއި ބިން ހެދީ އެމީހުންހެއްޔެވެ؟ (އެހުރިހާތަކެތި ހެއްދެވީ ޚާލިގުވަންތަ މާތްﷲ އެވެ.) އަދި ކިއެއްހެއްޔެވެ! އެމީހުން އެކަން ޔަޤީނެއް ނުކުރެތެވެ. ނުވަތަ ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ރަސްކަލާންގެ ޚަޒާނާތައްވަނީ އެމީހުންގެ ކިބައިގައިހެއްޔެވެ؟ ނުވަތަ ކަންތައްތަކުގެ މައްޗަށް ބާރު ހިންގާ ބަޔަކީ އެމީހުން ހެއްޔެވެ؟ (سورة الطور 35-37)ދީނީ ކަންކަން މިނާ ވަޒަންކުރުމުގައި ބައެއް ފަރާތްތަކަށް ހެދޭ އެންމެބޮޑު ގޯހަކީ މާތް ﷲ ވޮޑިގެންވާކަމާ އެކަލާނގެ ކުޅަދުންވަންތަކަމާމެދު ފިކުރުކުރުމަކާނުލާ އެފަދަ ކަންކަން ވަޒަންކުރެވޭކަމެވެ. މިސާލެއްގެގޮތުން ދަންނަވަނީނަމަ އިޖްތިމާޢީ ޢިލްމުވެރިން ދީނާގުޅޭގޮތުން ކަމެއް ހޯދާދިރާސާކުރާނަމަ، ތަފާތު ދީންތައް އުފެދޭގޮތާއި ދީނުގެ ސަބަބުން މުޖުތަމަޢަށް އިޖްތިމާއީގޮތުންކުރާ އަސަރުތަކާގުޅޭގޮތުން ކިތަންމެ ފޮތެއްވެސް ލިޔެވިދާނެއެވެ. ނަމަވެސް ހަޤީޤީ ދީނުގެ އިމުގެތެރޭގައި ދިރިއުޅޭމީހަކަށް، ދީނާމެދު އެނގޭމިންވަރާ ގާތަށްވެސް އެހުރިހާ ޢިލްމީ ދިރާސާތަކަކުންވެސް ދީނީކަންކަން އެފަދަމީހަކަށް ދެނެއެއްނުގަނެވޭނެއެވެ.އެފަދަ މީހުންނަކީ މާތްﷲގެ ކަށުކުޅަދުންވަންތަކަމާ އެކަލާންގެ ވޮޑިގެންވާކަން ދެނެގަނެވޭނޭ ބައެއްކަމުގައެއްނުވެއެވެ. ނަމަވެސް މިއީ ދީނުގެ އަސާސެކެވެ. ދީން އެނގެން ބޭނުން ކޮންމެމީހަކުވެސް އެންމެފުރަތަމަކަމަކަށް މާތްﷲ ވޮޑިގެންވާކަން ޤަބޫލްކުރަންޖެހެއެވެ. އެމީހަކީ މާތްﷲ ވޮޑިގެންވާކަން ޤަބޫލްނުކުރާމީހެއްނަމަ އޭނާ ޤުރުޢާނާ މުސްލިމުން ވަޒަންކުރަމުންގެންދާނީ އޭނާގެ އަމިއްލަ ވިސްނުމުގެ ހައްދުގެ ތެރެއިންނެވެ.ނަމަވެސް ޤުރުޢާނުގައި ވަނީ އެފަދަމީހުންނަށް ވަޢީދުގެ ބަސްފުޅު އިއްވަވާފައެވެ.އަދި ކިއެއްތަ! އެމީހުން (އެޤުރުއާން) ދޮގުކުރުމަށް އަވެސްވެގަތީ އެމީހުންނަށް އޭގެ މާނަވެސް ނޭންގެނީހެވެ. އަދި އެފޮތުގައިވާ ވަޢީދުތަކުގެ ޙަޤީޤަތް އެމީހުންނަށް ނޭންގެނީހެވެ. ހަމައެފަދައިން އެބައިމީހުންގެ ކުރީގެ (އުންމަތްތަކުގެެ) މީހުންވެސް (ރަސޫލުން) ދޮގުކުރޫއެވެ. ފަހެ އަނިޔާވެރިންގެ ނިމުންވަނީ ކިހިނަކުންކަން ކަލޭގެފާނު ބައްލަވާށެވެ. (سورة يونس 39)އިސްލާމްދީނަކީ އެއްވެސް އަސާސެއްނެތް ނިންމުންތައް އެތައްމިތަނުން ދީނުގެ ތެރެއަށް ވެއްދޭނޭފަދައިން އިންސާނުންގެ ވިސްނުމާ ފިކުރުން ރަނގަޅަށްރޯނުފިލާ ޚިޔާލުތަކާ އުޞޫލުތަކެއް ހިމަނައިގެން އުފައްދާފައިވާ ދީނެއްނޫނެވެ. ނުވަތަ އެއީ ސިޔާސީވިސްނުމާ ފިކުރުން އުފެދިފައިވާ ދީނެއްނޫނެވެ.މާތްﷲ ގެ ކުޅަދުންވަންތަކަމާމެދު ޝައްކުކުރާ ކަންކަން ނެންގޭ މީހުންނަށް ރައްދުދެއްވާނޭގޮތް އެކަލާނގެ ރަސޫލާއަށް އަންގަވައިދެއްވައި ވަޙީކުރައްވާފައިވާ އާޔަތްތަކުގެ ތެރެއިން އެއް އާޔަތެއްގެ މާނާގައިވެއެވެ.ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ދެކެމުހޭ؟ (އެބަހީ، ތިޔަބައިމީހުންގެ ވިސްނުމަށް ގެނެވޭހޭ؟) މާތް ﷲ، ތިޔަބައިމީހުންގެ (ކަންފަތްތަކަށްއިވޭ) އިވުމާއި، ތިޔަބައިމީހުންގެ (ލޯތަކަށް ފެންނަ) ފެނުން ގެންދަވައި، ތިއަބައިމީހުންގެ ހިތްތަކުގައި ސިއްކަޖައްސަވައި ބަންދުކުރައްވައިފިނަމަ، އެކަންތައް އަލުން ތިޔަބައިމީހުންނަށް ގެނެސްދޭނީ މާތް ﷲ މެނުވީ އިލާހަކުކަމުގައިވާ ކާކުހޭ؟ ތިމަންސުވާމީންގެ އާޔަތްތައް ބަޔާންކޮށްދެއްވަނީ، ކިހިނަކުން ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ދެން އެއަށްފަހުންވެސް އެބައިމީހުން (ކާފިރުން) އެ އާޔަތްތަކުން ދުރުހެލި ވެއެވެ.( سورة الأنعام 46)

ތިމާ އެބަޔަކަށްޓަކައި އަދާކުރަންޖެހޭ ހައްޤު އަދާކުރާށެވެ.

ބުޚާރީ ރިވާކުރެއްވި ހަދީޘްފުޅެއްގެ މާނައިގައިވެއެވެ. އަބޫ ޖުހައިފާ ވިދާޅުވިއެވެ. ރަސޫލުﷲ ސައްލަﷲއަލައިހި ވަސައްލަމަ ސަލްމާން އާއި އަބުއްދަރުދާއި ދެމެދު ގާތް އަޚްވަންތަކަމުގެ ގުޅުމެއް ގާއިމްކޮށްދެއްވިއެވެ. އެއްދުވަހަކު ސަލްމާން އަބުއްދަރުދާއަށް ޒިޔާރަތްކުރެއްވިއެވެ. އަދި އެހިނދު އުމުއްދަރުދާ ބާވެފައިވާ ހެދުމެއް ތުރުކުރައްވައިގެން ހުންނެވިތަން ފެނިވަޑައިގެން އެކަމާގުޅޭގޮތުން ސުވާލުކުރެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. "ތިބާގެ އަޚް އަބުއްދަރުދާ ދުނިޔޭގެ ޒީނަތަށް ޝައުޤުވެރިވެވަޑައިނުގަންނަވައެވެ." އެވަގުތު އުބުއްދަރުދާ އެތަނަށް ވަޑައިގަންނަވައިފިއެވެ. އަދި ވަޑައިގެން ސަލްމާންއަށް ފަރިއްކޮޅު ތައްޔާރުކޮށްދެއްވިއެވެ. އެހިނދު ސަލްމާން އުބުއްދަރުދާއަށް އޭނާއާއިއެކު ފަރިއްކުޅުވުމަށް ދަޢުވަތު ދިނެވެ. އަބުއްދަރުދާ ވިދާޅުވިއެވެ. ތިމަން މިހުރީ ރޯދައަށެވެ. ސަލްމާން ވިދާޅުވިއެވެ. އުބުއްދަރުދާއާއިއެކު ނޫނީ ނުކާނަމެވެ. އަދި ދެބޭކަލުން ފަރިއްކުޅުއްވައިފިއެވެ. ރޭގަނޑުވެ ރޭގަނޑުގެ ދެބައިކުޅައެއްބައި ފާއިތުވުމުން އަބުއްދަރުދާ ރޭއަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގެންނެވިއެވެ. ނަމަވެސް ސަލްމާން އޭނާއަށް ނިދުމަށް އެންގެވިއެވެ. އަނެއްކާވެސް އިރުކޮޅެއްފަހުން އަބުއްދަރުދާ ތެދުވެވަޑައިގެންނެވިއެވެ. މިފަހަރުވެ ސަލްމާން އޭނާއަށް ނިދުމަށް އެންގެވިއެވެ. ރޭގަނޑުގެ ފަހުބައި ޖެހުމާއިއެކު ސަލްމާން ތެދުވެވަޑައިގެން އަބުއްދަރުދާ ނެންގެވިއެވެ. އަދި ދެބޭކަލުން ނަމާދުކުރެއްވިއެވެ. އެއަށްފަހު ސަލްމާން އަބުއްދަރުދާއަށް ވިދާޅުވިއެވެ. "ތިބާގެ ކަލާނގެއަށް ތިބާގެ ހައްޤުތަކެއްވެއެވެ. ތިބާބެ ނަފުސަށް ތިބާގެ ހައްޤުތަކެއްވެއެވެ. ތިބާގެ އާޢިލާގެ މައްޗަށް ތިބާގެ ހައްޤުތަކެއްވެއެވެ. ތިބާ އެބައެއްގެ މައްޗަށް އަދާކުރަންޖެހޭ ހައްޤު އަދާކުރާށެވެ." އަބުއްދަރުދާ ވަޑައިގެން މިވާހަކަ ކީރިތި ރަސޫލާ صلی اللہ علیہ وسلم އަށް ވިދާޅުވެދެއްވިއެވެ. އެހިނދު އެކަލޭގެފާނު ހަދީޘްފުޅުކުރެއްވިއެވެ. ސަލްމާން އެ ވިދާޅުވީ ތެދުފުޅެކެވެ."

Sunday, March 3, 2013

"ﷲ ސުބުހާނަހޫވަތަޢާލާ ދެކެ ލޯބިވާށެވެ"

އިންސާނާގެ ޠަބީއަތަކީ އޭނާގެ ހިތެވެ. އެ ހިތުގެ މަހަލްއަކީ ނުވަތަ އަސްލަކީ ލޯތްބެވެ. ލޯބީގެ ރަމްޒެއްކަމުގައި ނުވަތަ ނިޝާނެއްކަމުގައި
ހިތްވެފައިވަނީ އެހެންވެގެންނެވެ. އިބްނުލް ޤައްޔިމް (ރަހިމަހުﷲ) ވިދާޅުވާގޮތުގައި މީހެއްގެ ހިތުގައި އެހެންމީހެއް، ކަމެއް، ނުވަތަ އެއްޗެއްގެ މައްޗަށް އާދަޔާޚިލާފް ލޯތްބެއްވާނަމަ އެމީހަކާއިއެކު ފުރިހަމަގޮތުގައި ވާހަކައެއް ދައްކާ ނިންމާލުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަލޭގެފާނުގެ އެބަސްފުޅުގެ މުރާދަކީ އެފަދަ މީހެއްގެ ވިސްނުން އަބަދުވެސް އެނބުރެމުންދާނީ އަދި އެދެކެވޭވާހަކައެއްގެ ނިމުމާއި ފެށުން ބިނާވެގެންދާނީ އެމީހަކު ލޯބިވާ މީހެއް، ކަމެއް، ނުވަތަ އެއްޗަކާއި ދިމާލަށެވެ. ނަތީޖާއެއްގެގޮތުން ކޮންމެ ވާހަކައެއް ދެއްކިނަމަވެސް އޭނާގެ ވިސްނުމާއި ފިކުރު ބައްޓަންވެގެންދަނީ އޭނާ ލޯބިކުރާކަމެއްގެ މައްޗަށެވެ. އިންސާނީ މި އިޙްސާސްތަކުގެ ނަތީޖާއަކީ ހުޝޫޢަތްތެރިކަން ކަމުގައި މާނަކުރެވިދާނެއެވެ. އިންސާނުންގެ ތެރެއިން ހުޝޫޢަތް ތެރިކަން އެންމެ ވަރުގަދައީ ލޯބިވެރިންގެ މެދުގައެވެ. އެމީހުންނަށް އެމީހަކު ލޯބިވާމީހެއްގެ ހަނދާންތައް ހިތުން ފޮހެލާ އެ ޚިޔާލްތަކާއި ދުރުވެހުރުމަކީ ދަތިކަމެކެވެ. ލައިލާ އާއި މަޖުނޫނަކީ އެފަދަ މިސާލެކެވެ. އެއްދުވަހަކު މަޖުނޫނު ނަމާދުގެ ޖަމާއަތުގެ އިމާމުގެ ކުރިމަތިން ހުރަސްކުރިއެވެ. ނަމާދައްފަހު އިމާމް މީހާ މަޖުނޫނާ ސުވާލުކޮށް ބުންޏެވެ. ބަލަ ތިބާއަށް ނަމާދައްހުންނަ މީހެއްގެ ކުރިމަތިން ހުރަސްކޮށް ދިޔައިރުވެސް ނޭންގުނުހެއްޔެވެ. މި ސުވާލަށް މަޖުނޫން ދިނީ ހާޟިރު ޖަވާބެކެވެ. އޭނާ ބުންޏެވެ. އޭ، ޝޭޚެވެ. އަހަރެންނަށް މަޢާފްކުރާށެވެ. އަހަރެން ހުރީ އަހަރެންގެ ލައިލާގެ ހަނދާނުގައި ދީވާނާވެފައެވެ. އެހެންކަމުން އަހަރެންނަށް ހުރަސްކުރެވުނީ ކޮންތާކުންކަންވެސް ނޭންގުނީއެވެ. އެކަމަކު ތިބާ ބުނެބަލާށެވެ. ތިބާއަށް އަހަރެން ތިބާގެ ކުރިމަތިން ހުރަސްކުރިކަން އެނގުނީ ކިހިނެތްހެއްޔެވެ. އެހެނީ އެވަގުތު ތިބާ ހުރީ ﷲ ހަދުމަކޮށް އެކަލާންގެއަށް ކުށްތަންވެ ނަމާދުކުރަން ނޫންހެއްޔެވެ؟ ތިބާގެ ހިތުގައި އަހަރެންގެ ހިތުގައި ލައިލާގެ މައްޗަށްވާ ލޯބިވެސް ﷲ އާއި މެދު ނެތީހެއްޔެވެ؟

Monday, December 17, 2012

އުފާވެރި ޙަޔާތަކަށް: ތިމާއަކީ ތަފާތު މީހެކެވެ.

ބައެއްމީހުން ކުރާ ބަހުސްތައް ޒުވާބަކުން ނިންމާލަންޖެހޭއިރު އަނެއްބައިމީހުން ހަމަ އެމަޢުލޫގައި ބަހުސްކޮށް ރަޙްމަތްތެރި
މާޙައުލެއްގައި އެ ބަހުސެއް ނިންމާލެވެނީ ކީއްވެގެންހެއްޔެވެ؟ އެހުރިހާކަމެއް ބިނާވެގެންވަނީ އެމީހަކަށް ނުވަތަ އެބަޔަކަށް ލިބިފައިވާ ބަހުސްކޮށް އަނެކާއާއި މުޢާމަލާތުކުރުމުގެ ހުނަރުގެ ސަބަބުންނެވެ. ތައްޔާރުކޮށްފައިވާ އެއް ޚުޠުބާއެއް ދެމީހުން ދޭއިރު އޭގެ ތެރެއިން އެކަކު ޚުޠުބާ ދޭއިރު އަޑުއަހަންތިބޭމީހުންގެ ތެރެއިން ބައެއް މީހުން އާފުރި ނިދިޖެހޭއިރު އަނެއްބަޔަކު ނަމާދު މުޞައްލައާއި ކުޅެލަކުޅެލާ ނުވަތަ ހަށިގަނޑުގެ ހަރަކާތްތައް ގިނަވެ ހަމަނުޖެހިވިގެން އުޅޭއިރު ހަމަ އެޚުޠުބާ އެހެން މީހަކު ދޭއިރު އަޑުއަހާ މީހުން އެއަށް ކަނުލާ އަޑުއަހަން އެސްފިޔަވެސް ޖަހާނުލާ ތިބެނީ ކީއްވެގެންހެއްޔެވެ؟ އެއީ ބަސްމޮށުންތެރިކަމުގެ ކުޅަދާނަކަމެވެ. މީހަކު އެއްވުމެއްގައި ވާހަކަދައްކާއިރު އެއްވެފައިވާމީހުން އޭނާގެ ވާހަކައަށް ކަނުލާ އަޑުއަހަން ތިބޭއިރު އެހެން މީހަކު ވާހަކަދައްކަންފެށުމުން އެއްވެފައިވާ މީހުން އެމީހުންގެ އަމިއްލަ ވާހަކަތައް ދައްކާ އެއްބަޔަކު ފޯނުގެ މެސެޖްތައް ކިޔާ އޭނާކާދައްކާ ވާހަކައާމެދު ސަމާލުކަމެއްނުދެނީ ކީއްވެހެއްޔެވެ؟ އެއީ ވާހަކަދެއްކުމުގެ ހުނަރުގެ ސަބަބުންނެވެ. ސްކޫލެއްގެ މުދައްރިސަކު ސްކޫލްގެ ކޮރިޑޯގައި ހިނގާފައި ދާއިރު ހުރިހާ ކުދިން އޭނާގެ ގާތައް ޖަމާވެ، ބައެއްކުދިން އޭނާއާއި ސަލާމްކޮށް، އަނެެއްބައިކުދިން އޭނާގެ ފަރާތުން ލަފާއަހާ، އަނެއްބައިކުދިން އެކި ކަންކަމުގެ ޝަކުވާ އުފުލާހަދާއިރު އަނެއް މުދައްރިސަކު އޭނާގެ އޮފީހުގައި ހުރިހާކުދިންނަށް ކަންކަމު އައުމަށް ދަޢުވަތުދީފައި އޮންނަ އިރުވެސް އެއްވެސް ކުއްޖެއް އެކަމަށް ޝައުޤުވެރިނުވެ އޮފީސް ފަޅުކޮށްއޮންނައިރު އަދި އެހެން މުދައްރިސަކު އެކަނި މާއެކަނި ކޮރިޑޯގައި ހިނގާފައި ދާއިރު ނުވަތަ ސްކޫލްގެ މިސްކިތުން ނުކުމެގެންދާއިރުވެސް އެއްވެސް ކުއްޖަކު އޭނާއާއި ސަލާމްކޮށްލުމަށްވެސް ބޭނުންނުވަނީ ކީއްވެގެންހެއްޔެވެ؟ އޭނާގެ އޮފީސް އިރު އެރީންސުރެ އިރު އޮއްސުމާ ހަމައަށް ކުދިންނަށް ހުޅުވާލިނަމަވެސް އެތަނަށް ކަމަކު ވަނުމަށް އެއްވެސް ކުއްޖަކު ބޭނުންނުވަނީ އަދި އޭނާއާއި އެކުވުމަށް ބޭނުންނުވަނީ ކީއްވެހެއްޔެވެ؟ މި ހުރިހާކަމެއް ގުޅިފައިވަނީ އޭނާއަށް ލިބިފައިވާ އަނެކުންނާއި މުޢާމަލާތުކުރުމުގެ ހުނަރުގެ މައްޗަށެވެ. ބައެއްމީހުން އާންމު އެއްވުމަކަށް ވަނުމާއެކު އެއްވެފައިވާ މީހުންގެ ސަމާލުކަން އޭނާއަށް ހުއްޓި އޭނާއާއި ބައްދަލުވުމުން އެމީހުންނަށް އުފާވެރިކަން ލިބިގެންދަނީ ކީއްވެގެންހެއްޔެވެ.

Tuesday, December 4, 2012

އުފާވެރި ޙަޔާތަކަށް: ބަންޑުންވި ކިރުފޮދާއިމެދު ހިތާމަނުކުރާށެވެ!

ބައެއްމީހުން ޤަބޫލުކުރާގޮތުގައި އެމީހުން ތަރުބިއްޔަތު ކުރެވުނު ގޮތާއި މީހުން އެމީހުންސިފަކުރާ ގޮތަކަކީ ބަދަލުކުރެވޭނޭ
ކަންކަމެއްނޫނެވެ. ބައެއްމީހުން މިފަދަ ކަންތައްތަކާއިމެދު ދެކެނީ އެއީ އޭނާގެ އިސްކޮޅާއި ގައިގެ ކުލަފަދައިންނެވެ. އަނެއްކޮޅުން ހިކުމަތްތެރިން ޤަބޫލުކުރާގޮތުގައި މިޒާޖުގައިވާ މިފަދަ ސިފަތަކަކީ ތިމާގެ ހެދުން ބަދަލުކުރާހާ ފަސޭހައިން ބަދަލުކޮށްލެވިދާނެކަމެއްކަމުގައެވެ. އަހަރެމެންގެ މިޒާޖަކީ ބަންޑުންވެ އޮހިގެންދާ ކިރުފޮދެއްފަދައިން އަލުން އަލުން ނުނެގޭނޭ އެއްޗެއްނޫނެވެ. އޭގެ ބަދަލުގައި އަހަރެމެންގެ މިޒާޖާއި ވިސްނުމަކީ އަބަދުވެސް އެ މައްޗަށް އަހަރެމެންނަށް ބާރުފޯރުވޭނޭ އެއްޗެކެވެ. އެކަންކަން ބަދަލުކުރެވޭނޭ އުޞޫލުތަކަކާއި ގޮތްތަކެއްވެއެވެ. އިބްނު ހަޒްމު އެކަލޭގެފާނު ލިޔުއްވި ސްޕެއިންގެ މަޝްހޫރު ވިޔަފާރިވެރިއެއްގެ ވާހަކައެއްކަމުގައިވާ ތަވްޤް އަލް ހަމާމާގައި ލިޔުއްވާފައިވެއެވެ. މި ދެންނެވުނު ވިޔަފާރިވެރިޔާއާއި އިތުރު އެހެން ހަތަރު ވިޔަފާރިވެރިއެއްގެ މެދުގައި ވާދަވެރިކަމެއް އުފެދުނެވެ. ނަތީޖާއެއްގެގޮތުން މި ހަތަރުމީހުން އޭނާއާއި ގަޔާނުވާގޮތްވިއެވެ. އެއްދުވަހަކު ހެނދުނު ވިޔަފާރިވެރިޔާ އޭނާ މަސައްކަތްކުރާތަނަށް ދިއުމަށް އޭނާގެ ގެއިން ނުކުތެވެ. އޭނާ ލައިގެންހުރީ ހުދު ގަމީހެކެވެ. އަދި ބޮލުގައި ހުދު ފަގުޑިއެއް އޮޅާލާފައިހުއްޓެވެ. ކުރިން ދެންނެވުނު ހަތަރު ވިޔަފާރިވެރިންގެ ތެރެއިން އެކަކު އޭނާއާއި ބައްދަލުވިއެވެ. އޭނާ ސްޕޭންގެ މި ވިޔަފާރިވެރިޔާއާއި ބައްދަލުކޮށް އޭނާއާ ސަލާމްކޮށް އޭނާގެ ބޮލުގައިވާ ފަގުޑިއަށް ބަލާލާފައިބުންޏެވެ. "ތިޔައީ ހާދަ ރީތި ރީންދޫ ފަގުޑިއެކެވެ." ވިޔަފާރިވެރިޔާ ޖަވާބުދިނެވެ. "ކަލޭ އަނދިރިހެއްޔެވެ؟ މިއީ ހުދު ފަގުޑިއެކެވެ!" އޭނާ ޖަވާބުދިނެވެ. "ނޫން ތިޔައީ ރީންދޫ ފަގުޑިއެކެވެ! ހަމަ ޔަޤީނުންވެސް ތިއީ ރީންދޫ ކުލައެވެ. އެކަމަކު ތި ފަގުޑި ވަރަށް ރީއްޗެވެ." ވިޔަފާރިވެރިޔާ އޭނާ ދޫކޮށް ހިނގަންފެށިއެވެ. ތަންކޮޅަކަށްދެވުނުތަނުން އޭނާއާއި ވާދަވެރި ދެވަނަ ވިޔަފާރިވެރިޔާއާއި ބައްދަލުވިއެވެ. އޭނާވެސް މި ސަލާމްކޮށްލުމަށްފަހު ވިޔަފާރިވެރިޔާގެ ބޮލުގައިވާ ފަގުޑިއަށް ބަލާލާފައިބުންޏެވެ.

Wednesday, October 3, 2012

އުފާވެރި ހަޔާތަކަށް - އަމިއްލަނަފުސު ތަރައްޤީކުރުން

ތިބާ ވިހި އަހަރުގެ މީހަކާއި ބައްދަލުވެ އޭނާގެ ކިބައިގައި ހުރި އިންސާނާގެ ޠަބީއަތަކީ އޭނާގެ ހިތެވެ. އެ ހިތުގެ މަހަލްއަކީ ނުވަތަ އަސްލަކީ ލޯތްބެވެ. ލޯބީގެ ރަމްޒެއްކަމުގައި ނުވަތަ ނިޝާނެއްކަމުގައި ހިތްވެފައިވަނީ އެހެންވެގެންނެވެ. އިބްނުލް ޤައްޔިމް (ރަހިމަހުﷲ) ވިދާޅުވާގޮތުގައި މީހެއްގެ ހިތުގައި އެހެންމީހެއް، ކަމެއް، ނުވަތަ އެއްޗެއްގެ މައްޗަށް އާދަޔާޚިލާފް ލޯތްބެއްވާނަމަ އެމީހަކާއިއެކު ފުރިހަމަގޮތުގައި ވާހަކައެއް ދައްކާ ނިންމާލުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަލޭގެފާނުގެ އެބަސްފުޅުގެ މުރާދަކީ އެފަދަ މީހެއްގެ ވިސްނުން އަބަދުވެސް އެނބުރެމުންދާނީ އަދި އެދެކެވޭވާހަކައެއްގެ ނިމުމާއި ފެށުން ބިނާވެގެންދާނީ އެމީހަކު ލޯބިވާ މީހެއް، ކަމެއް، ނުވަތަ އެއްޗަކާއި ދިމާލަށެވެ. ނަތީޖާއެއްގެގޮތުން ކޮންމެ ވާހަކައެއް ދެއްކިނަމަވެސް އޭނާގެ ވިސްނުމާއި ފިކުރު ބައްޓަންވެގެންދަނީ އޭނާ ލޯބިކުރާކަމެއްގެ މައްޗަށެވެ. އިންސާނީ މި އިޙްސާސްތަކުގެ ނަތީޖާއަކީ ހުޝޫޢަތްތެރިކަން ކަމުގައި މާނަކުރެވިދާނެއެވެ. އިންސާނުންގެ ތެރެއިން ހުޝޫޢަތް ތެރިކަން އެންމެ ވަރުގަދައީ ލޯބިވެރިންގެ މެދުގައެވެ. އެމީހުންނަށް އެމީހަކު ލޯބިވާމީހެއްގެ ހަނދާންތައް ހިތުން ފޮހެލާ އެ ޚިޔާލްތަކާއި ދުރުވެހުރުމަކީ ދަތިކަމެކެވެ. ލައިލާ އާއި މަޖުނޫނަކީ އެފަދަ މިސާލެކެވެ. އެއްދުވަހަކު މަޖުނޫނު ނަމާދުގެ ޖަމާއަތުގެ އިމާމުގެ ކުރިމަތިން ހުރަސްކުރިއެވެ. ނަމާދައްފަހު އިމާމް މީހާ މަޖުނޫނާ ސުވާލުކޮށް ބުންޏެވެ. ބަލަ ތިބާއަށް ނަމާދައްހުންނަ މީހެއްގެ ކުރިމަތިން ހުރަސްކޮށް ދިޔައިރުވެސް ނޭންގުނުހެއްޔެވެ. މި ސުވާލަށް މަޖުނޫން ދިނީ ހާޟިރު ޖަވާބެކެވެ. އޭނާ ބުންޏެވެ. އޭ، ޝޭޚެވެ. އަހަރެންނަށް މަޢާފްކުރާށެވެ. އަހަރެން ހުރީ އަހަރެންގެ ލައިލާގެ ހަނދާނުގައި ދީވާނާވެފައެވެ.