}

Tuesday, September 21, 2010

ނަފްސުގެ އަމާންކަމާއި ހަމަޖެހުން ހޯދޭނީ ކިހިނެތް؟

ފުރަތަމަބައި: ތަޢާރުފް

ނަފްސުގެ ހިތްހަމަޖެހުމާއި އަމާންކަމުގެ މަޢުލޫއަކީ އެމަޢުލޫއެއްގައި މުޅި ދުނިޔޭގެ އެންމެހާ އިންސާނުން ހިމެނި އާންމުވެފައިވާ މަޢުލޫއެކެވެ. އެހެނީ މި ދުނިޔޭގައި މާތް ﷲ سبحانه وتعالى‎ ޚަލްޤުކުރައްވާފައިވާ ކޮންމެ އިންސާނަކީވެސް އޭނާގެ ނަފްސުގެ ހަމަޖެހުމާއި އަމާންކަމަށް އެދޭ މީހެކެވެ. އެކަން ހާޞިލްކުރުމަށް ކަރުހިއްކައިގެންފައިވާ މީހެކެވެ. މި އިޙްސާސަކީ ނުވަތަ ނަފްސުގެ އަމާންކަމާއި ހަމަޖެހުން ހޯދުމުށް އިންސާނާގެ ހިތުގައި އުފެދޭ ޖަޒުބާތަކީ ހަމައެކަނި މިއަދުގެ ދުނިޔޭގެ ހާލަތާއި ގުޅިފައިވާކަމެއް ނޫނެވެ. އެހެންނަމަވެސް މީގެ އެތައްޒަމާންތަކެއް ކުރިންސުރެ މުޅި އިންސާނީ ނަސްލު އަންނަނީ މިކަން ހާޞިލްވޭތޯ މަސައްކަތްކުރަމުންނެވެ.

Monday, September 20, 2010

އިމާންތެރިކަމާއި އަފޫކުރުމުގެ މަންޒަރު ގެނެސްދެވުނީތީ މަޢާފަށްއެދެން؟؟؟

އެމެރިކާގެ ނޫހެއްކަމުގައިވާ "ދި ޕޯޓްލޭންޑް ޕްރެސް ހެރަލްޑް" ގެ ބޭރުގަނޑުގައި ފާއިތުވެދިޔަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ޖަހާފައިވާ ޚަބަރަކީ ޔުނައިޓަޑް ސްޓޭޓްސްގެ ރަށެއްކަމުގައިވާ މެއިނޭގައި މުސްލިމުން އެބައިމީހުންގެ ރޯދައިގެ މަތިވެރި އަޅުކަމަށްފަހު ޢީދުގެ އުފާފާޅުކުރިކަމުގެ ޚަބަރެވެ. ޕޯރޓްލަންޑްގެ އެކްސްޕޮސިޝަން ބިލްޑިންގުގައި ބޭއްވުނު ޢީދު ނަމާދުގައި ތިންހާހެއްހާ މުސްލިމުން ބައިވެރިވެ ޢީދުނަމާދު ކުރި މަންޒަރުގެ ފޮޓޯ ހިމަނާފައިވާ މި ޚަބަރުގައި އެމަންޒަރު ސިފަކޮށްފައިވަނީ އީމާންތެރިކަމާއި އަފޫކުރުމުގެ މަންޒަރެއްގެ ގޮތުގައެވެ. އަދި މިޚަބަރުގެ ދަށު ސުރުހީއެއްގެ ގޮތުގައި ލިޔެފައިވަނީ "ދިރި އުޅުމުގެ އުފާވެރިކަން ފާހަގަކުރަމުން އަދި ނަސީބު ދެރަމީހުންނަށް އެހީތެރިވެދޭހާލު މުސްލިމުން ރަމަޟާންމަހުގެ ނިމުން ފާހަގަކޮށްފި" މިފަދައިންނެވެ. އެ ޚަބަރުގައި މުސްލިމުންނަށް ތަޢުރީފްކޮށް ގިނަ ވާހަކަތަކެއް ލިޔެފައިވެއެވެ. އަދި ހަމަ އެހެންމެ ކުރިން އެ އެކްސްޕޯގައި އީދުގެ އުފާ ފާޅުކުރަމުންދިޔަ ކުޑަ ކުޑަ ޖަމާޢަތް މިއަދު ބޮޑުވެފައިވާ މިންވަރުވަނީ ސިފަކޮށްދީފައެވެ.

Wednesday, September 15, 2010

އިސްލާމްދީނުގައި އަންހެނުންނަކީ ޝަރަފުވެރި ދިރިއުޅުމެއްގެ ވެރިބައެކެވެ.

وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَيُقِيمُونَ الصَّلاَةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّهَ وَرَسُولَهُ أُولَئِكَ سَيَرْحَمُهُمُ اللَّهُ إِنَّ اللَّهَ عَزِيزٌ حَكِيمٌ
"މުއުމިން ފިރިހެނުންނާއި، މުއުމިން އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް އަމުރުކުރެތެވެ. އަދި އެއުރެން ނުބައިކަންތައް ނަހީކުރެތެވެ. އަދި އެއުރެން ނަމާދު ޤާއިމްކޮށް، ޒަކާތްދީ، ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވެތެވެ. އެއުރެންނަށް ﷲ ރަޙްމަތް ލައްވާހުއްޓެވެ. ހަމަކަށަވަރުން، ﷲ އީ، އަޒީޒްވަންތަ ހަކީމްވަންތަ ރަސްކަލާނގެއެވެ." (التّوبَة 71)