}

Friday, November 28, 2008

ހަލާކުކޮށް ނެތިކުރެވުނު ޤައުމުތަކާއި އުންމަތްތައް


ތަޢާރުފް: ކުރީގެ އުންމަތްތައް
އެބައިމީހުންގެ ކުރީގެ މީހުންގެ ޚަބަރު އެބައިމީހުންނާއި ހަމައަށް ނާންނަނީ ބާވައެވެ؟ އެއީ، ނޫހުގެފާނުގެ ޤައުމުގެ މީހުންނާއި، ޢާދުބާގާ މީހުންނާއި، ثمود ބާގާ މީހުންނެވެ. އަދި އިބްރާހީމް ގެފާނުންގެ ޤައުމުގެ މީހުންނާއި، މަދުޔަނުގެ އަހުލުވެރީންނެވެ. (އެއީ ޝުއައިބުގެފާނުގެ ޤައުމުގެ މީހުންނެވެ.) އަދި، ފުށުން ޖެހިގެންދިޔަ ރަށްތަކެވެ. (އެއީ ލޫތުގެފާނުންގެ ޤައުމުގެ މީހުން އުޅުނު ރަށްތަކެވެ.) އެބައިމީހުންގެ ރަސޫލުން، އެބައިމީހުންގެ ގާތަށް، ފައުޅުވެގެންހުރި މުޢުޖިޒާތްތަކާއި ހެކިތަށް ގެންނެވިއެވެ. ދެން މާތްﷲ އެބައިމީހުންނަށް އަނިޔާކުރައްވާކަށް އިރާދައެއް ނުކުރެއްވިއެވެ. އެހެނެއްކަމަކު އެބައިމީހުން އަނިޔާކުރަމުން ގެންދިޔައީ އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށެވެ. (سورةالتوبة 70)

އެތައް ޤަރުނެއް ވަންދެން ކުރީގެ ބައެއް އުންމަތްތައްވަނީ ދީނެއްގެ ގޮތުގައި އިސްލާމްދީން ޚިޔާރުކޮށްފައެވެ. އަދި ބައެއް އުންމަތްތައްވަނީ ކާފިރުވެގެންފައެވެ. މާތް ﷲ އެ އުންމަތަކަށް ރަސޫލަކު ފޮނުއްވި އުންމަތްތަކުގެތެރެއިން އެބޭކަލުންގެ ރިސާލަތަށް އިންކާރުކުރި ގިނަ އުންމަތްތަކެއްވިއެވެ. އެބޭކަލުންގެ ރިސާލަތައް ތަބާވެފައިވަނީ ވަރަށް މަދު ބަޔެކެވެ. އަދި އެންމަތްތަކުގެ އަހުލުވެރިންކުރެ ގިނަބަޔަކު ވަނީ އެބޭކަލުންގެ ރިސާލަތަށް އިންކާރުކޮށްފައެވެ. އެބައިމީހުން އެބޭކަލުންގެ ރިސާލަތަށް އިންކާރުކުރުމަކުން ފުއްދައެއް ނުލައެވެ. ނަމަވެސް އެބައިމީހުންގެ ގާތަށް ހައްޤު ދީނާއިގެން ވަޑައިގެންނެވި ރަސޫލުންނާއި ނަބިއްޔުންނާއި އެބޭކަލުންނަށް ތަބާވީމީހުންނަށް އެތަކެއް ބޮޑެތި އަނިޔާތަކާއި ތުރާތަށް ކުރިމަތިކުރުވިއެވެ. އަދި އެބޭކަލުންނަކީ ދޮގުވެރިން ކަމަށާއި ސިހުރުވެރިންކަމަށާއި މޮޔައިންކަމަށް އެބައިމީހުން ހެދިއެވެ. އަދި އެބައިމީހުންގެ ވެރިން އެބޭކަލުން ޤަޠުލުކުރުމަށްވެސް މަސައްކަތްކޮށްފައި ވެއެވެ.
މާތް ﷲ ފޮނުއްވި ކޮންމެ ރަސޫލަކުވެސް ގޮވާލައްވާފައިވަނީ އެބައިމީހުން މާތްﷲ ތަޤުވާވެރިވުމަށެވެ. އެބޭކަލުން އެކަމަށްޓަކައި އެބައިމީހުންގެ ފުށުން އުޖޫރައަކަށް ނުވަތަ މުދަލަކަށް ނޭދެއެވެ. ނުވަތަ އެބައިމީހުންގެ މައްޗައް ގަދަކަންދައްކާ އަޅުވެތިކުރާކަށްވެސް ބޭނުމެއް ނުވެއެވެ. އެބޭކަލުންގެ އެދުމަކަށްވެވަޑައިގަތީ އެބައިމީހުންނަށް ތެދުމަގަށް ގޮވާލުމެވެ. މާތް ﷲ އަށް އަޅުކަންކުރުމަށާއި އެކަލާންގެ އަމުރުފުޅުތަކަށް ކިޔަމަންވެ އެބޭކަލުންނާއި އެބޭކަލުންނަށް ތަބަޢަވީ މީހުންނާ އެކު ވުމަށެވެ.

Wednesday, November 26, 2008

އަހަރެން އިސްލާމްދީނާ ކައިރިއަށް ގެނެސްދިނީ ހިޖާބެވެ.


އަހަރެންނަކީ ނަޞާރާއިންގެތެރެއިން ދީންވެރި އަންހެނަކީމެވެ. ކޮންމެ އާދީއްތަދުވަހަކު ނަޞާރާދީން ކިޔަވައިދޭ މަދަރުސާއަށާއި ފައްޅިއަށް އަހަރެންގެ މަންމައާއިއެކު ގޮސްއުޅެމެވެ. އަހަރެންނަށް އެމީހުން ތަކުރާރުކޮށް ކިޔައިދިންގޮތުގައި އީސާގެފާނަކީ ކަލާންގެ ދަރިކަލެކެވެ. އަދި އެކަލޭގެފާނު އަވަހާރަވެފައިވަނީ އަހަރުމެންގެ ކުއްތަކަށް ދެވޭ ކައްފާރާއެއްގެގޮތުގައި ސޮލީބައް އެރުވިގެންނެވެ. އެދުވަސްވަރު އަހަރެންނަކީ ކުޑަކުއްޖެއްކަމުން އެކަމާމެދު އެއްވެސްވަރަކަށް ނުވިސްނަމެވެ. އެމީހުން ދެއްކި ކޮންމެ ވާހަކައެއް ޤަބޫލުކޮށްގެން ހުރީއެވެ.
ޅަފަތުގެ މިދުވަސްތައްނިމި ހައިސްކޫލްގެ ދުވަސްތައް ފެށުމާއެކު ބައިބްލްގައިވާ ކަންތައްތަކާއިމެދު އަހަރެން ސުވާލުކުރަންފެށީމެވެ. މިގޮތުން އީސާ އަލައިހިއްސަލާމަކީ އެމީހުން އެބުނާގޮތަށް ކަލާނގެ ދަރިކަލެއްނަމަ އަދި އެހާބާރުގަދަ ބޭނުންކޮންމެކަމެއްކުރެވޭނޭ ފަރާތެއްނަމަ ޚުދު އެކަލޭގެފާނު އަމިއްލަފުޅަށް އިންސާނެއްގެ ސިފައިގައި ބިމަށް ވަޑައިގެން އިންސާނުންނަށް ތެދުމަގުދެއްކެވުމަށް މަސައްކަތްކުރެއްވީ ކީއްވެބާވައެވެ. އަދި ހަމަ އެހެންމެ އީސާގެފާނަށް ކަލެއްކަމާއި ކަލެއްގެ ދަރިކަލެއްގެ ލަޤަބު އެއްފަހަރާދިނުމާއި ތިންކައުވަންތަކަމަކީ އަހަރެންގެބުއްދި ޤަބޫލުކުރާކަމެއްކަމުގައި ނުވިއެވެ. އަދި އެކަމާއިމެދު ތަކުރާރުކޮށް ހިތުގައި ވަހުމު ހިނގަމުންދިޔައެވެ. އެހެންނަމަވެސް ކަލާނގެއާއި ބެހޭގޮތުން ސުވާލުނުކުރުމަށް ބުނެފައިވާތީ މިކަންތައްތަކާއިމެދު ތަކުރާރުކޮށް ސުވާލުކުރާކަށް އަހަރެންނަކަށް ނުކެރެއެވެ. އެހެންކަމުން އަހަރެންގެ ހިތުގައި އުފެދެމުންދިޔަ މި ޝައްކުތަކުގެ ސަބަބުން އީސާއީ ދީނާމެދު އަހަރެންގެ ހިތުގައި އީމާންތެރިކަން ނެތްކަމަށް ހީކުރެވެންފެށިއެވެ. އަދި މިކަމާއިމެދު އިތުރަށް ވިސްނުން ހުއްޓާލާ ޤަބޫލުނުކުރެވޭހާލުގައި އެދީނުގެ އުޞޫލުތަކަށް ތަބާވަމުން ދިޔައީމެވެ. އެގޮތުން ކަލާންގެއާއި ކުއްތަންވުމަށް އަހަރެންނަށް ކުރެވުނު ހުރިހާ މަސައްކަތެއް އަހަރެން ކުރީމެވެ. ކޮންމެ ދުވަހަކު ދެފަހަރު ބައިބްލް ކިޔާ ކޮންމެ ރެޔަކުވެސް ދުވާކޮށްހެދީމެވެ. އެހެންނަމަވެސް އަހަރެން މިދުޢާކުރަމުން ދިޔައިރު އެދުވާގެ އަޑު އެއްވެސް ފަރާތަކަށް ނީވޭކަމުގެ އިޙްޞާސް އަހަރެންނަށް ކުރެވިގެންދެއެވެ. އަހަރެންގެ ދުޢާގެ އަޑު ރައްދުވަނީ ހަމަ އަހަރެންގެ އަމިއްލަ ނަފްސަށެވެ. އެހެންނަމަވެސް އެގޮތުގައި ދެމިހުރީމެވެ.

ޔައުޖޫޖް މައުޖޫޖް: ކޮންއިރަކުން، ކޮންތާކުން؟

ފަހުޒަމާނުގައި ޔައުޖޫޖު އަދި މައްޖޫޖު ބާގައިގެ މީހުން ފައުޅުވާނެއެވެ.
ދުނިޔޭގެ ނިމުން ފެށޭނޭ ވަގުތާއި އޭގެ ކުރިން ފައުޅުވާނޭ ތަފާތު އަލާމާތްތަކާގުޅޭގޮތުން މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ތަފާތު އެތަކެއް ޙަދީޘްފުޅުތަކެއް ބަޔާންކުރައްވާފައިވެއެވެ. އަދި އެކަލޭގެފާނު މީގެ 1400 އަހަރު ކުރިން ބަޔާންކުރައްވައި ހާމަކޮށްދެއްވާފައިވާ ޙަދީޘް ފުޅުތަކުގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކަށްފަހު ކަމެއް މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި އަންނަނީ ހާމަވެ ފެންނަމުންނެވެ. އެގޮތުން އެފަދަ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެކަމަކުން މުއުމިނުންގެ ހިތަށް އުހައުވެރިކަން ލިބިދޭކަންތައްތައް ފައުޅުވުމުގެ ވަގުތު ކުޑަތަންވަމުން އަންނަކަން ދޭހަވެއެވެ.
މިގޮތުން ބަޔާންކޮށްދެއްވާފައިވާ އުފާވެރިކަމުގެ ޚަބަރުތަކުގެ ތެރޭން ހިމެނޭ މުހިންމު އެއްކަމަކީ ސަލާމްލެއްވި އީސާގެފާނުން އަލުން ދުނިޔެއަށް ވަޑައިގަންނަވައި މަހުދީގެފާނާއެކު އެވަގުތު ދުނިޔެއަށް ކުރިމަތިވެގެންދާނޭ އެންމެބޮޑު ފިތުނަ ކަމުގައިވި ދައްޖާލުގެ ކިބައިން ދުނިޔެ ސަލާމަތްކުރައްވައި ދުނިޔޭގައި އަލުން އިސްލާމްދީނުގެ އުޞޫލުތަކާއި ޤުރުއާނުގެ ޙުކުމްތައް ތަންފީޒުވެގެންދިޔުމުގެ އުފާވެރި ޚަބަރެވެ.
މިލިޔުމުގައި އަލިއަޅުވާލުމަށް ޤަސްތުކުރަނީ ޤިޔާމަތް ކައިރިވުމުގެ އަލާމާތްތަކުގެތެރެއިން ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ އެއްއަލާމާތެއްކަމުގައިވާ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ވާހަކައަށެވެ. އެބައިމީހުންނަކީ ކޮންބައެއްކަމާއި، އެބައިމީހުން ފައުޅުވާނީ ކޮންއިރަކުކަމާއި، އެބައިމީހުންގެ ފިތުނައިން ސަލާމަތަވާނީކިހިނެއްތޯ ކުރެވޭ ސުވާލުތަކަކީ އެތަކެއް ފޮތްތަކަކާއި އެތަކެއް ލިޔުންތަކެއްގައި ލިޔެވިފައިވާ ވާހަކަތަކެކެވެ. ނަމަވެސް ނަޞާރާއިންގެ ބައިބުލްގަޔާއި، ޔަހޫދީންގެ ތައުރާތުގައި ބަޔާންކުރެވިފައިވާ މިވާހަކަތަކާގުޅޭ މަޢްލޫމާތު ފުރިހަމަގޮތުގައި އެންމެ ޞައްޙަކަމާއެކު އަޅުގަނޑުމެންނަށް ލިބެނީ ކީރިތި ޤުރުއާނުންނާއި ރަސޫލާގެ ހަދީސްފުޅުތަކުންނާއި، އިސްލާމީ ބޮޑެތި ޢިލްމުވެރިން ކުރައްވާފައިވާ ދިރާސާތަކުންނެވެ.
ވޭތުވެދިޔަ ޒަމާންތަކުގައި ދުނިޔެ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ފިތުނައިން ސަލާމަތްވެފައިވަނީ ޛުލްޤަރުނައިން ރަސްގެފާނުން ބިނާކުރެއްވި ހުރަހެއްގެ ސަބަބުންނެވެ.

ޔައުޖޫޖް މައުޖޫޖް: ކޮންއިރަކުން، ކޮންތާކުން؟

ފަހުޒަމާނުގައި ޔައުޖޫޖު އަދި މައްޖޫޖު ބާގައިގެ މީހުން ފައުޅުވާނެއެވެ.

ދުނިޔޭގެ ނިމުން ފެށޭނޭ ވަގުތާއި އޭގެ ކުރިން ފައުޅުވާނޭ ތަފާތު އަލާމާތްތަކާގުޅޭގޮތުން މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ތަފާތު އެތަކެއް ޙަދީޘްފުޅުތަކެއް ބަޔާންކުރައްވާފައިވެއެވެ. އަދި އެކަލޭގެފާނު މީގެ 1400 އަހަރު ކުރިން ބަޔާންކުރައްވައި ހާމަކޮށްދެއްވާފައިވާ ޙަދީޘް ފުޅުތަކުގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކަށްފަހު ކަމެއް މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި އަންނަނީ ހާމަވެ ފެންނަމުންނެވެ. އެގޮތުން އެފަދަ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެކަމަކުން މުއުމިނުންގެ ހިތަށް އުހައުވެރިކަން ލިބިދޭކަންތައްތައް ފައުޅުވުމުގެ ވަގުތު ކުޑަތަންވަމުން އަންނަކަން ދޭހަވެއެވެ.
މިގޮތުން ބަޔާންކޮށްދެއްވާފައިވާ އުފާވެރިކަމުގެ ޚަބަރުތަކުގެ ތެރޭން ހިމެނޭ މުހިންމު އެއްކަމަކީ ސަލާމްލެއްވި އީސާގެފާނުން އަލުން ދުނިޔެއަށް ވަޑައިގަންނަވައި މަހުދީގެފާނާއެކު އެވަގުތު ދުނިޔެއަށް ކުރިމަތިވެގެންދާނޭ އެންމެބޮޑު ފިތުނަ ކަމުގައިވި ދައްޖާލުގެ ކިބައިން ދުނިޔެ ސަލާމަތްކުރައްވައި ދުނިޔޭގައި އަލުން އިސްލާމްދީނުގެ އުޞޫލުތަކާއި ޤުރުއާނުގެ ޙުކުމްތައް ތަންފީޒުވެގެންދިޔުމުގެ އުފާވެރި ޚަބަރެވެ.
މިލިޔުމުގައި އަލިއަޅުވާލުމަށް ޤަސްތުކުރަނީ ޤިޔާމަތް ކައިރިވުމުގެ އަލާމާތްތަކުގެތެރެއިން ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ އެއްއަލާމާތެއްކަމުގައިވާ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ވާހަކައަށެވެ. އެބައިމީހުންނަކީ ކޮންބައެއްކަމާއި، އެބައިމީހުން ފައުޅުވާނީ ކޮންއިރަކުކަމާއި، އެބައިމީހުންގެ ފިތުނައިން ސަލާމަތަވާނީކިހިނެއްތޯ ކުރެވޭ ސުވާލުތަކަކީ އެތަކެއް ފޮތްތަކަކާއި އެތަކެއް ލިޔުންތަކެއްގައި ލިޔެވިފައިވާ ވާހަކަތަކެކެވެ. ނަމަވެސް ނަޞާރާއިންގެ ބައިބުލްގަޔާއި، ޔަހޫދީންގެ ތައުރާތުގައި ބަޔާންކުރެވިފައިވާ މިވާހަކަތަކާގުޅޭ މަޢްލޫމާތު ފުރިހަމަގޮތުގައި އެންމެ ޞައްޙަކަމާއެކު އަޅުގަނޑުމެންނަށް ލިބެނީ ކީރިތި ޤުރުއާނުންނާއި ރަސޫލާގެ ހަދީސްފުޅުތަކުންނާއި، އިސްލާމީ ބޮޑެތި ޢިލްމުވެރިން ކުރައްވާފައިވާ ދިރާސާތަކުންނެވެ.
ވޭތުވެދިޔަ ޒަމާންތަކުގައި ދުނިޔެ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ފިތުނައިން ސަލާމަތްވެފައިވަނީ ޛުލްޤަރުނައިން ރަސްގެފާނުން ބިނާކުރެއްވި ހުރަހެއްގެ ސަބަބުންނެވެ.
سورة الكهف ގައި މާތް ﷲ އެބައިމީހުންގެ ވާހަކަ ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ.
"އެމީހުން (ތަރުޖަމާނަކު މެދުވެރިކޮށް، ނުވަތަ ރަމްޒުގެބަހުން) ބުންޏެވެ: އޭ ޛުލްޤަރުނައިން! ހަމަކަށަވަރުން ޔައުޖޫޖު މައުޖޫޖު (ބާގައިގެ މީހުން) އަކީ، ދުނިޔެމަތީގައި، ފަސާދަކޮށް އުޅޭބައެކެވެ! ވީއިރު، އަޅަމެން މަނިކުފާނަށް، ޖިޒީދިނީވިއްޔާ، އަޅަމެންނާއި އެއުރެންނާ، ދުމެދުގައި، ވަރުގަދަ ހުރަހެއް، ލައްވައި ދެއްވާނުތޯއެވެ." (سورة الكهف 94)
މިއާޔަތުގައި މާތް ﷲ ޔައުޖޫޖު މައުޖޫޖުން ސިފަކުރައްވާފައިވަނީ ދުނިޔޭގައި ފިތުނަ އުފައްދައިއުޅޭ ބައެއްގެގޮތުގައެވެ.
އިސްލާމީ ފަލްސަފާގެ ފުންނާބުއުސް ޢިލްމުވެރިއެއްކަމުގައިވާ ސަޢީދު ނުރްސީ ނުވަތަ ބަދިއުއްޒަމާން އެބައިމީހުންނާމެދު ވިދާޅުވެފައިވެއެވެ. "ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނަކީ މާތް ﷲ ޚަލްޤު ކުރައްވާފައިވާ ދެ ޖަމާޢަތެއްގެ ބަޔެކެވެ. އެބައިމީހުން ދުނިޔޭގެ ބިމުގައި ފިތުނަފަސާދަ އުފައްދައި ފޭރި ލޫޓުވައި ހަދާނެތެވެ. ދުނިޔޭގައި ދިރިއުޅޭ އެއްވެސް ޖަމާއަތަކަށް ތަހުޒީބުވެފައިވީނަމަވެސް އެބައިމީހުންގެ އުނދަގުލުން ސަލާމަތްވުމަކީ ވަރަށްވެސް އުނދަގޫކަމެކެވެ.
"އޭނާ ބުންޏެވެ: އަހުރެންގެ ވެރި ރަސްކަލާނގެ، އަހުރެންނަށް ދެއްވާފައިވާ ވެރިކަމުގެ ބާރު، (ތިއަބުނާ ޖިޒީއަށްވުރެ، އަހުރެނަށް) މާރަނގަޅެވެ! ވީއިރު (ޖިޒީދޭން އުޅުމުގެ ބަދަލުގައި) ކަލޭމެން، ހަމައެކަނި، މަސައްކަތްކުރާނެ މީހުންނާއި ސާމާނު ދިނުމުގެ ގޮތުން، އަހުރެނަށް ވާގިވެރިވެދޭ ހުށިކަމެވެ! އެއިރުން، ކަލޭމެންނާއި، އެއުރެންނާ، ދެމެދުގައި، ވަރުގަދަ ހުރަހެއް، ލައިދޭ ހުށީމެވެ. އަހުރެންނަށް ގަނޑުގަނޑަށްހުރި ދަގަނޑު ގެނެސްދޭހުށިކަމެވެ. ދެން، އެދެފަރުބަދަ ދޭތެރޭގައި އޮތްތަން، އިސާހިތު، ދަގަނޑުން، ފުރާލެވުނެވެ. އޭނާ ބުންޏެވެ: (ކަލޭމެންގެ ގިރުނބާތަކުން) ފުމޭން ފަށާށެވެ! ދެން، (އެދަގަނޑުތައް ރަތްދޮންވެ، އަނގުރު އަލިފާނަށްވީމައި، އޭނާ ބުންޏެވެ: މިދަގަނޑުތަކުގެ މައްޗަށް އޮއްސައިލުމަށްޓަކައި، ވިރުވައިގެން، ރަންވަންލޮއި، ގެންނާށެވެ! (އެގޮތުގައި އެވަރުގަދަ ހުރަސް ލެވުނެވެ!) އެހުރަހުގެ މަތީން ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނަކަށް، ނުއެރުނެވެ! އަދި، އެހުރަސް ފޫއަޅުވައި، ތޮރުފައެއްވެސް ނުމެލެވުނުމެއެވެ!" (سورة الكهف 97-95)
ޛުލްޤަރުނައިން ރަސްގެފާނު ބިނާކުރެއްވި ފާރަކީ ޔައުޖޫޖު މައުޖޫޖު ބާގާގެ މީހުންގެ ފިތުނަޔާއި އަނިޔާވެރިކަމުން ދުނިޔޭގެ އާބާދީތައް ސަލާމަތްވުމުގެ ސަބަބެވެ.
ޛުލްޤަރުނައިން ރަސްގެފާނު ލެއްވި އިސްވެދެންނެވުނު މިފާރު ހަލާކުވެ ފުނޑުފުޑުވެގެން ދިޔުމީ ޤިޔާމަތުގެ ވަގުތު ކައިރިވާކަމުގެ އަލާމާތްތަކުގެ ތެރެއިން އަލާމާތެކެވެ.
މާތް ﷲ ކީރިތިޤުރުއާނުގެ ސޫރަތުލް އަންބިޔާގެ 96 ވަނަ އާޔަތުގައިވެސް ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އެ އާޔަތުގައި މާތް ﷲ ވަނީ ޤިޔާމަތް ދުވަހުގެކުރިން ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ދޫވެ، އުސް ހުރިހާ ދިމާތަކުން އެމީހުން ބިމަށް އަރައިގަންނާނޭ ވާހަކަ ބަޔާންކުރައްވާފައެވެ. އެދުވަހުން ސޫރަތުލް ކަހަފްގައި ބަޔާންކުރައްވާފައިވާ ފާރު ފުނޑުފުނޑު ކޮށްލުމަށް ފަހު އެބައިމީހުން ބިމަށް އަރައިގަންނާނެއެވެ.
"ދެން އޭނާ ބުންޏެވެ: މިއީ، އަހުރެންގެ ވެރިރަސްކަލާނގެ ޙަޞްރަތުން ލިބުނު ރަޙްމަތެވެ! (އަހުރެންގެ މޮޅުކަމަކުން ލެވުނު ހުރަހެއްނޫނެވެ) ދެން، (ދަނެއު!) އަހުރެންގެ ވެރިރަސްކަލާންގެ ކުރައްވާފައިވާ ވަޢުދުގެ ވަގުތު އައުމުން، އެކަލާންގެ މިހުރަސްވެސް، ބިމާ ހަމަކޮށްލައްވާ ހުއްޓެވެ! އަދި، (ދަނެއު!) އަހުރެންގެ ވެރިރަސްކަލާންގެ، ކުރައްވައިފި ވަޢުދަކީ ޙައްޤު (ތެދު) ވަޢުދެވެ!" (سورة الكهف 98)
ބަދިއުއްޒަމާން ސަޢީދު ނުރްސީވަނީ ޔައުޖޫޖު މައުޖޫޖް ބާގައިގެ މީހުންގެ ފިތުނައިން ސަލާމަތްވުމަށް ޒުލްޤަރުނައިން ބިނާކުރެއްވި ފާރު ހަލާކުވެ ފުނޑުފުނޑުވާނޭކަމުގެ ގިނަގުނަ ވާހަކަތަކެއް ގެނެސްދެއްވާފައެވެ. އެ ހުރިހާ ވާހަކަތަކެއްވެސް ބިނާކުރައްވާފައިވަނީ ޤިޔާމަތް ކައިރިވާކަމުގެ ޢަލާމަތެއްގެ ގޮތުގައެވެ.
އެގޮތުން އޭނާލިއުއްވާފައިވެއެވެ. "މާތް ﷲ ކަނޑައަޅުއްވާފައިވާ ވަގުތު އައުމާއެކު އެފާރު ފުނޑުފުނޑުވެ ހަލާކުވެގެން ދާނެއެވެ"، އަދި އެފާރު ހަލާކުވެ ފުނޑުފުނޑުވުން ވެގެންދާނީ ޤިޔާމަތުގެ އަލާމާތްތަކުގެ ތެރެއިންނެވެ.
ޤުރުއާނުން އެނގި ފާޅުވާ ގޮތުގައި ޒުލްޤަރުނައިން ބިނާކުރެއްވި ލޯފާރު ހަލާކުވުމާއެކު ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ހުރިހާ އުސް ދިމާއަކުން ބިމަށް ފައިބާނެއެވެ.
"އެއީ (ޤިޔާމަތް ދުވަހުގެ ކުރިން) ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ދޫވެ، އުސް ހުރިހާ ދިމާތަކުން، އެމީހުން، (ބިމަށް) އަރައިގެންފުމަށް ދާންދެނެވެ. އަދި. ޙައްގުގޮތުގައި ވަޢްދުވީ ދުވަސް ކައިރިވެ ކާފިރުވީމީހުންގެ ލޯތަކުގެ ކުރިމަތީން (އެދުވަހުގެ ބިރުތައް) ސިފަކޮށް ފެނިދިއުމުން (އެމީހުން ބުނާނެތެވެ.) ތިމަންމެނަށް ހުށަހެޅިފައިވާ ބިރެއްގެ ބޮޑުކަމާއެވެ. ތިމަންމެން ތިބީ މިކަންތައްތަކުގެ މަތީން ޣާފިލުވެގެންނެވެ. އަދި، ކީއްހޭ؟ ތިމަންމެންވީ އަނިޔާވެރި ބައެއްކަމުގައެވެ. (سورة الأنبياءِِ 97-96)
އިސްވެ ދެންނެވުނު އާޔަތުގައި ޙައްޤުގޮތުގައި ވަޢުދުވީ ދުވަހުގެ މުރާދަކީ ޤިޔާމަތްވުމުގެ ވަގުތު ކައިރިވަމުން އަންނަކަމެވެ. މިގޮތުން މާތް ރަސޫލާ މުޙައްމަދުއް ޞަލަﷲއަލައިހި ވަސައްލަމަ ހަދީޘްކުރައްވާފައިވާ ހަދީޘްފުޅެއްގެ މާނައިގައިވަނީ:
"ދިހަ ކަމެއް ފައުޅުވުމުގެ ކުރިން ޤިޔާމަތް ޤާއިމްނުކުރައްވާ ހުއްޓެވެ. ހުޅަނގު ފަރާތުން އިރުއެރުމެވެ. ދުން ނުވަތަ ކަޅު ވިލާގަނޑެއް ފައުޅުވުމެވެ. ބިމު ދާއްބަ އެރުމެވެ. ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ފައުޅުވުމެވެ. މަރިޔަމް ގެފާނުގެ ދަރިކަލުން އަލްމަސީޙް ޢީސާ އަލައިހިއްސަލާމް އަލުން ދުނިޔެއަށް ވަޑައިގެންނެވުމެވެ. ބޮޑުވެގެންވާ ތިން ބިންހެލުމެވެ..."
ބަދިއުއް ޒަމާން ސައީދު އަލް ނުރްސީ ވަނީ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނާއި ބެހޭގޮތުން ވަރަށް ތަފްޞިލުކޮށް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން އެނާ ހާމަކޮށްފައިވާ ގޮތުގައި ޛުލްޤަރުނައިން ބިނާކުރެއްވިފާރު ވަނީ ހިމާލިޔާ ފަރުބަދަތަކުގެ ތެރޭގައެވެ. "ހިމާލިޔާ ފަތުބަދަތަކުގެ ކައިރީގައި ދިގު ދިގު ފާރެއް ލެވުނެވެ. އެފާރުގެ ސަބަބުން ވެތުވެދިޔަހާދުވަހު އެނުލަފާ މީހުންގެ ފަރާތުން ދުނިޔެ ސަލާމަތްވެގެންވިއެވެ. ކުރީގެ ފާރިސްކަރައިގެ ދަރުބަންދުގެ ކައުކާސިއާގެ ފަރުބަދަތަކުގެ ސަރަޙައްދުގައި އުޅުއްވި ރަސްރަސްކަލުންގެ ތެރެއިން ޛުލްޤަރުނައިނާއި ގުޅުންހުރި ރަސްރަސްކަލުންވެސް އެފާރު ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ހުރަސްތައް ހަދާ އުޅުނެވެ. އެއީ ތަތާރުންގެ މީހުންނާއި އިންވެގެންވާ މަގުތައް ބަންދުކޮށް ވަކިކުރުމުގެ ގޮތުންނެވެ"
އެނާ އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި ޔައުޖޫޖު މައުޖޫޖް ބާގައިގެ މީހުންނަކީ މޮންގޯލުން އަދި މަންޗޫ ނަސްލުގެ ބައެއްކަމަށެވެ. މި ދެނަސްލަކީވެސް އޭޝީއާ ދަރިކޮޅުގެ ދެނަސްލެވެ.
އެހެންކަމުން ޤުރުއާނުގައި ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ގޮތުގައި ސިފަކޮށްދެއްވާފައިވަނީ މަންޗޫރިއަންއާއި މޮންގޯލް އަދި މީގެ އިތުރަށް އެޝިއާއާއި ޔޫރަޕްގެ ޤަބީލާތަކުގެ ނުވަތަ ނަސްލުތަކުގެ ބަޔަކު މުސްތަޤްބަލްގައި އުފައްދާނޭ ފިތުނަ ފަސާދަކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ.
13 ވަނަ ޤަރުނުގައި ގަދަފަދަ އެމްޕަޔަރެއްކަމުގައިވި މޮންގޯލުންނަކީ ތާރީޚްދުއް އެންމެ އަނިޔާވެރި އަދި އެންމެ ނާތަހުޒީބި ލަޝްކަރެވެ. އެންމެ ފުރަތަމަ ގަންގިސް ޚާން އަދި އޭނާއަށް ފަހު އޭނާގެ ކާފަ ދަރި ހުލަގޫ އެލަޝްކަރެއްގެ ވެރިކަންކުރި މޮންގޯލުންނާއި ތަތާރުން ހިމެނޭ މިދެންނެވި ލަޝްކަރުންވަނީ އެތަކެއް ޤަޠުލްޢާންމުތައް ހިންގާ އެތައްބައެއް ކަތިލާފައެވެ. ތާރީޚީ މަސްދަރުތަކުން ސާބިތުވާގޮތުގައި އެބައިމީހުންވަނީ އެމީހުންނާ ކުރިމަތިވި ކޮންމެ އެއްޗެއްމެ ކުދިކުދިކޮށް ފުނޑުފުނޑު ކޮށްފައެވެ. އަދި ދިމާވި ކޮންމެ މީހެއްމެ ކަތިލާ ޤަތުލުކޮށްފައެވެ. އަންހެނެއް، މުސްކުޅިއެއް ނުވަތަ ކުޑަކުއްޖަކަށްވެސް ބެލުމެއްނެތިއެވެ. މިގޮތުގައި އެބައިމީހުން އެނަޓޯލިއާ (ކަޅުކަނޑާއި މެޑިޓަރޭނިއަން ކަނޑުގެ ދެމެދުގައިވާ ސަރަޙައްދެއް) އާހަމައަށް އާދެވުމުން ތުރުކީގެ މެދުތެރޭގައިވާ ރަށްތައްކަމުގައިވާ ސިވާސް، ކޭސަރީ އަދި ތޮކާތްއިން އެތައްހާސް ބަޔަކު ގަތުލުކޮށްފައިވެއެވެ. އަދި އެމީހުންގެ ބާރުގެ ދަށަށް ގެނދާ ރަށްތަކުގެ މިސްކިތްތަކާއި، ލައިބްރަރީތަކާއި، މަދްރަސާތައް ތަޅާ ފުނޑުފުނޑު ކުރިއެވެ. ތާރީޚީ ލިޔުންތަކުން ދޭހަވާ ގޮތުގައި ބައެއްސަރަހައްދުތަކުން އެމީހުންވަނީ އެތައްމިލިއަން މަޚްލޫޤެއް ޤަޠުލުކޮށް މަރާހަދާފައެވެ. އެގޮތުން ކުއްތާއާއި ބުޅާފަދަ ޖަނަވާރުތައްވެސް އެބައިމީހުން މަރާހަދާފައިވެއެވެ.
މޮންގޯލުންނެކޭ އެއްފަދައިން މަންޗޫސް ބާގައިގެ މީހުންނަކީވެސް ހަމަ އެފަދަ އިންސާނިއްޔަތާ ޚިލާފް ނާތަހުޒީބު އެތަކެއް ޖަރީމާތަކެއް ހިންގާފައިވާ ބައެކެވެ. މިގޮތުން ބަދިއުއްޒަމާން އޭނާގެ ދިރާސާތަކުގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި މޮންގޯލުންނާއި މަންޗޫސުންނަކީވެސް ފަހުޒަމާނުގައި ފައުޅުވާނެ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ކާބަފައިންނެވެ. މި ވާހަކަ ބަޔާންކޮށްދެއްވަމުން ބަދިއުއްޒަމާން އޭނާގެ ލިޔުއްވުމެއްގައި ވިދާޅުވެފައިވެއެވެ:
"ދުނިޔޭގެ މަޝްހޫރު ބިނާއެއްކަމުގައިވާ އެތައްދުވަހެއްގެ ރާސްތާގެ ދިގު ސީނުކަރައިގައިވާ ބޮޑުފާރަކީ ޤުރުއާނުގައި ބަޔާންވެގެންވާ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ނުވަތަ މޮންގޯލުންނާއި މަންޗޫރިއަން ޤަބީލާގެ މީހުންގެ އަނިޔާވެރިކަމުން ސީނުކަރައާއި އުތުރުކަރައިގެ މީހުން ސަލާމަތްކުރުމަށް ބިނާކުރެވުނު ފާރެކެވެ. މި ދެންނެވި ޤަބީލާތަކުގެ މީހުންނަކީ ދުނިޔޭގެ އިންސާނީ ނަޞްލު އެތައްފަހަރެއްގެ މަތިން ނާންމާންކަމާ ބިރުވެރިކަމުގެ ތެރެއަށް ވައްޓާލާ އިންސާނިއްޔަތާދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާފައިވާ ބައެކެވެ. އެގޮތުން ހިމާލިޔާގެ ފަރުބަދަތަކުގެ މަތިން ބިމަށްފައިބާ ދުނިޔޭގެ އިރުން ހުޅަގަށް އެތަކެއް ފަސާދަތަކެއް އެބައިމީހުން ހިންގާފައިވެއެވެ.
ފަހުޒަމާނުގެ އަލާމާތެއްކަމުގައި ދުނިޔެއަށް އަންނާނެ ފިތުނައިގެ ވެރި ދައްޖާލު ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ފައުޅުވުމަށް މަގު ފަހި ކުރާނެއެވެ.
މި ދުނިޔޭގެ ނިމުން އަނާނެގޮތާއި ގުޅޭގޮތުން ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ބަޔާންކުރައްވާފައިވާ ހަދީސްފުޅުތަކުން ދޭހަވާ ގޮތުގައި ޤިޔާމަތް ދުވަސް ކައިރިވުމުން ދުނިޔޭގައި ކާފިރުކަމާ ނޭއްގާނީ ކަމާ ހަމަނުޖެހުން އުފައްދާ އިސްލާމީ ރިވެތި އަޚްލާގުން އިންސާނުން އެއްކިބާކޮށް ފިތުނަ ފަސާދަ އުފެއްދުމަށް ދައްޖާލު ފާޅުވާނެއެވެ. މިގޮތުން މިއަދު ގެ ދުނިޔޭގައި ޚާއްޞަކޮށް އިސްލާމީ ދުނިޔޭގައި ހިނގަމުންމިދާ ހަމަނުޖެހުންތަކާ ދެކޮޅުވެރިކަމާ ފިތުނަވެރިކަމަކީ ދައްޖާލު ފާޅުވުމުގެ ވަގުތު ކައިރިވަމުން އަންނަ ކަމުގެ އަލާމާތެކެވެ. މިކަމާއި ގުޅޭގޮތުން ރަސޫލާ ހަދީސްފުޅުކުރައްވާފައިވާ ހިދީސްފުޅުގައި މިޒަމާން ސިފަކޮށްދެއްވާފައިވަނީ ހަމަނުޖެހުމާއި ދެކޮޅުވެރިކަން ބޮޑުވެ އިންސާނުން އެއްބަޔަކު އަނެއްބަޔަކު ގަޠުލުކޮށް އަދި އިންސާނުން އަމިއްލައަށް އެބައިމީހުންގެ ޤަޠުލުކޮށް ޠޫފާން ތަކާއި ބޮޑެތި ޤުދުރަތީ ކާރިސާތަކުން ދުނިޔެ ފުރިފައިވާ ދުވަސްވަރެއްގެ ގޮތުގައެވެ.
ހަދީޘްފުޅުގައިވާ ބަސްފުޅުން ދޭހަވާގޮތުގައި މި ފިތުނަވެރިކަމާ ދެކޮޅުވެރިކަމަށް ދައްޖާލު ގޮވާލާ އިންސާނުން އެކަމަށް ހެއްލުންތެރިކޮށް އެކަމަށް މަގުފަހިކުރަމުންދާނެއެވެ. ހުއްޓުމެއްނެތި ލޭ އޮހޮރުވުމާއި، ހަނގުރާމަތަކުގައި ކުށެއްނެތް އެތައްބަޔަކު މަރާ ގަޠުލުކުރުމާއި، ހަމައާއި އިންސާފުގެއްލިގޮސް ދުނިޔެ ނާމާންކަމާއި ބިރުވެރިކަމުގެ ހާއްޔަކަށް ބަދަލުވެގެންދިއުމަށް ދައްޖާލު މަސައްކަތްކުރާނެއެވެ. އަދި ދައްޖާލު ފާޅުވުމާއިއެކު އިސްވެދެންނެވުނު ފަސާދަތައް ހައްދުންނެއްޓި މުޅިދުނިޔެ ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެއެވެ. މި ފިތުނައިގެ ވާހަކަ ބަޔާންކުރައްވަމުން ބަދިއުއްޒަމާން ވިދާޅުވެފައިވަނީ ދުނިޔޭގައި ފަސާދަ އާންމު ކުރަމުން ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނަށް އެމީހުންގެފިތުނަ ފަސާދައާއިގެން ފައުޅުވުމަށް ދައްޖާލު މަގުކޮށައިދޭނެއެވެ.
ޔައުޖޫޖުންނާއި މައުޖޫޖުންނަކީ އިންސާނީ މުޖުތަމައެކެވެ.
ކީރިތި ޤުރުޢާނުންނާއި ރަސޫލާގެ ހަދީޘްފުޅުތަކުން ސާފުކޮށް އެނގޭގޮތުގައި ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނަކީ އިންސާނުންތަކެކެވެ. މިކަމާއި ގުޅޭގޮތުން ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަަމަ ހަދީޘްފުޅު ކުރައްވާފައިވާ ބައެއް ބަސްފުޅުތަކުގެ މާނައިގައިވަނީ:
"އެބައިމީހުން ފައުޅުވާހުށީ އާދަމްގެފާނުގެ ނަސްލުންނެވެ."
"އެބައިމީހުންގެ ބޮޑުމިނަކީ މުށެއް ނުވަތަ ދެމުށެވެ. އެންމެ ބޮޑުމީހާގެވެސް ތިންމުށެވެ."
"ތިޔަބައިމީހުން އަބަދުވެސް ތިޔަބައިމީހުންގެ އަދުއްވުންނާ ދެކޮޅަށް ހަނގުރާމަ ކުރާނެއެވެ. އަދި ތިޔަބައިމީހުން ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނާ ދެކޮޅަށްވެސް ހަނގުރާމަކުރާނެތެވެ. އެބައިމީހުންނަކީ ފުޅާމޫނުތަކެއްގެވެރި ލޯކުޑަ އަދި ރަތް މުށިކުލައިގެ އިސްތަށިގަނޑެއްގެ ވެރިބައެކެވެ....."
"ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނަކީ 22 ނަސްލަކުން އުފެދޭނޭ ދަރިފަސްކޮޅެކެވެ."
ބަދިއުއްޒަމާން އޭނާގެ ލިޔުއްވުންތަކުގައި ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ސިފަތައް ބަޔާންކޮށްދެއްވާފައިވެއެވެ. އެގޮތުން އިންސާފާއި ހަމައިން އެއްކިބާވުމީ ދެކޮޅުވެރިކަމާ އަނިޔާވެރިކަމަށް މަގުފަހިކޮށްދޭކަމެއްކަމަށް ވިދާޅުވަމުން ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ސިފަތައް އަންނަނިވި އިބާރާތްތަކުން ސިފަކޮށްދެއްވާފައިވެއެވެ.
"އިންސާފާއި ހަމައިން އެއްކިބާވުމުގެ ސިފަތަކަކީ ދުނިޔޭގައި ފިތުނަ ފަސާދަ އުފައްދާ އުޅޭ އެތަކެއް ނަސްލުތަކަކުން ފެށިފައިވާ ކަމެކެވެ. އެބައިމީހުންނަކީ އިންސާނީ ނަޞްލަށް އިޙްތިރާމްކުރުމެއްނެތި އެބައިމީހުންގެ ބޮޑުންނަށާއި ވެރިންނަށް ނުކިޔަމަންތެރިކަންދައްކާ އުޅޭނޭ ބައެކެވެ. މި ސިފަތަކަށް ފެތިގެންދާ ބަޔަކީ މަންކޫރިއަނުންނާއި، މޮންގޯލުންނާއި، ކިރިގިސްގެ ބައެއް ޤަބީލާތަކުގެ މީހުންނެވެ. އެބައިމީހުންނަކީ އެބައިމީހުންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ސީނުކަރައިގައިވާ 40 ދުވަހުގެ ދިގު ރާސްތާގެ ބޮޑުފާރު ލެވުނު މީހުންނެވެ. އެފާރަކީ ދުނިޔޭގެ ހަތް އަޖާޢިބުގެ ތެރެއިން އެއް އަޖާޢިބެވެ."

"ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނަކީ ޗައިނާގައި ތިބި މަންކޫސުންނާއި، ކިރިގިސް މަންކޫސުންނާއި، މޮންގޯލުންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އިންސާފާ ހަމައިން އެއްކިބާވެފައިވާ ކޮންމެ ބައެކެވެ. އަދި ކޮމިއުނިސްޓުންނާއި ސޯޝަލިޒަމްގެ ވަކިތަކުގެ ދަށުވެ ހަމައިންނެއްޓިފައިވާ މީހުންނެވެ.
ބަދިއުއްޒަމާންގެ އިސްވެދެންނެވުނު ވާހަކަތަކަށް ބަލާއިރު ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނަކީ އޭޝިއާގެ ދަރިކޮޅުތަކަކުން ފައުޅުވާނޭ ބައެއްކަމާއި ދުނިޔޭގެ ތަފާތު ޤަބީލާތަކުން އެމީހުންގެ ފިތުނައިގައި ޖެހި އެބައިމީހުންނާއި އެއްބައިވެ ދުނިޔޭގެ ހަމަޖެހުމާ އަމާންކަން ނަގާލުމަށް މަސައްކަތްކުރާނޭކަން ދޭހަވެއެވެ.
ރަސޫލުﷲ ސައްލަﷲ އަލައިހިވަސައްލަމަގެ ހަދީޘްފުޅުތަކުން ދޭހަވާގޮތުގައި ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނަކީ ކަލަކުވޮޑިގެންވާކަން ޤަބޫލުކުރާބައެއްނޫނެވެ.
ރަސޫލުﷲ ސައްލަﷲ އަލައިހިވަސައްލަ ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. މިޢުރާޖްގޭ މާތްﷲ ތިމަންކަލޭގެފާނު ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ގާތަށް ފޮނުއްވިއެވެ. ދެން ތިމަންކަލޭގެފާނު އެބައިމީހުންނަށް ދީނަށް ގޮވާލެއްވީމެވެ. ނަމަވެސް އެބައިމީހުން އެކަމަށް އިންކާރުކޮށް ދެކޮޅުހެދިއެވެ... ދެންފަހެ އެބައިމީހުން ވާހުށީ ނަރަކައިގައެވެ. އަދި އެބައިމީހުންނާއިއެކު އާދަމުގެ ދަރީންކުރެ މާތްﷲ އުރެދި ދެކޮޅުވެރިވެ އަނިޔާވެރިވީ މީހުންނާއި، ޝައިޠާނާ ނަރަކައަށް ވައްދަވާނެއެވެ.
ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ އަނިޔާވެރިކަމާ ދެކޮޅުވެރިކަމާއި ލާއިންސާނީ ޢަމަލުތައް ބޮޑުވެ ދުނިޔޭގައި ބިރުވެރިކަން ޢާންމުވުމަށްފަހު އެބަލާވެރިކަމުން ދުނިޔެ ސަލާމަތްވެ ރައްކައުތެރިކަން ލިބިގެންދާނީ ސައްޔިދުނާ ޢީސާ އަލައިހިއްސަލާމް އަލުން ދުނިޔެއަށް ފޮނުއްވުމުންނެވެ.
އިސާ އަލައިހިއްސަލާމް ދައްޖާލުގެ އަނިޔާވެރިކަމުން ދުނިޔެ ސަލާމަތްކުރާނޭ ގޮތުގެ މިސާލުތައް މަތް ނަބިއްޔާ މުޙައްމަދު ސައްލަﷲ އަލައިހިވަސައްލަމަގެ ހަދީޘްފުޅުތަކުގައި ބަޔާންކޮށްދެއްވާފައިވެއެވެ.
"އީސާއަލައިހިއްސަލާމް ފެނިވަޑައިގަތުމާއެކު މާތްﷲ ގެ އަދުއްވެއްކަމުގައިވި ދައްޖާލު ފެނަށް ލޮނު ގިރިގެންދާފަދައިން ގިރިގެންދާނެއެވެ."
"ދައްޖާލު ބިމުގައި ފަސާދަކުރަން ފެށުމުން އިންސާނުން އެ ބަލާވެރިކަމުން ސަލާމަތްކުރުމަށް މާތްﷲ މަރިޔަމް ގެފާނުންގެ ދަރިކަލުން އަލް މަސީޙް ޢީސާ އަލައިހިއްސަލާމް ދުނިޔެއަށް ފޮނުއްވާނެއެވެ. އެކަލޭގެފާނު ލުއްދުގެ ދޮރުކޮޅު (ޖެރުއްސަލަމްގެ ކައިރި) ން ދައްޖާލާ ބައްދަލުކުރާނެއެވެ. އަދި އޭނާ ހަލާކުކުރައްވާ ނެތިކުރައްވާނެއެވެ."
"ދައްޖާލުގެ ނުބައިކަމާއި ފިތުނަވެރިކަމާއި އަޖައިބުތަކުން ދުނިޔެ ސަލާމަތްކޮށްދެވޭނީ ހަމައެކަނި މުޢުޖިޒާތްތަކާއިގެން ވަޑައިގަންނާވާނޭ މަތިވެރި ބޭކަލަކަށެވެ. އެހެނީ އެ ދައްޖާލަކީ އޭނާއަށް މާތްﷲ ދެއްވި ބާރާއިގެން މީހުން އަޖައިބުކުރުވަނިވި ކަންތައްތަކެއް ގެނެސް މީހުން އޭނާގެ މައްޗަށް ލަންބުވާ ރޫހާނީ ބާރުތަކެއް މީހުންގެ މައްޗަށް ފޯރުވާ މީސްތަކުން އޭނާގެ ސިހުރުގައި ޖައްސާނޭ އެއްޗެކެވެ. އޭނާގެ ކިބައިން އިންސާނިއްޔަތު ސަލާމްތަކުރާނޭ ފަރާތަކީ އީސާ އަލައިހިއްސަލާމްއެވެ."
ބަދިއުއްޒަމާންގެ މި ބަސްތަކުން ދޭހަވާގޮތުގައި ދައްޖާލު ޝައިތާނާގެ އެހީތެރިކަމާއިއެކު އޭނާގެ އަސްލެއްނެތް މުޢުޖިޒާތްތަކުން ނުވަތަ ސިހުރުތަކުން އިންސާނުން އޭނާގެ މައްޗަށް ލަންބުވާނެއެވެ. އަދި އޭނާގެ ނިމުން ވާހުށީ ސައްޔިދުނާ އީސާ އަލައިހިއްސަލާމް ދުނިޔެއަށް ވަޑައިގަތުމުންނެވެ. މާތްﷲ ގެ އިރަދަފުޅާއިއެކު އީސާގެފާނުން އެ ދައްޖާލުގެ ކިބައިން ފަސޭހަކަމާއިއެކު ދުނިޔެ ސަލާމަތްކުރައްވާނެއެވެ.
ކީރިތި ރަސޫލާގެ ހަދީޘްފުޅުތަކުން ދޭހަވާގޮތުގައި ދައްޖާލު އޭނާގެ ނުބައިކަމާއި ބާރުގަދަކަމުން އިންސާނިއްޔަތު ހަލާކުކުރަމުންދަނިކޮށް އީސާގެފާނުން އޭނާގަތުލުކުރައްވާނެއެވެ. ނަމަވެސް ދައްޖާލުގެ ފިތުނަވެރިކަމުން ގެނެސްގެންފައިވާ ނުބައިކަމުގެ ތެރެއިން ޔައުޖޫޖު މައުޖޫޖު ފައުޅުވެ އެތަކެއް ޖަމާޢަތްތަކެއް ހަލާކުކުރަމުން ގެންދާނެއެވެ.
މާތް ނަބިއްޔާ މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަ ހަދީޘްކުރައްވާފައިވާ ގޮތުގައި ޔައުޖޫޖު މައުޖޫޖު މީހުން ހަލާކުވެ ނެތިކުރެއްވުމުގެ ސަބަބެއްކަމުގައި އީސާ އަލއިހިއްސަލާމް ކުރައްވާ އަސަރުގަދަ ދުޢާފުޅެއް ވެގެންދާނެއެވެ. އެއް ހަދީޘް ފުޅެއްގައިވާގޮތުން މިއުރާޖަށް އަރައިވަޑައިގެންނެވިރޭ މިވާހަކަ އީސާގެފާނުން މާތް ރަސޫލާއަށް ދެންނެވިކަމުގައި ވެއެވެ.
"ހުރިހާ އުސްދިމާތަކުން ޔައުޖޫޖު މައުޖޫޖު ފައުޅުވާނެއެވެ. އަދި އެބައިމީހުންނަށް ފެނުނު ކޮންމެ ފެންގަނޑެއްމެ ބޮއި ހުސްކުރާނެތެވެ. އަދި ފެނުނު ކޮންމެ ތަނެއްމެ ހަލާކުކޮށް ފުނޑުފުނޑު ކުރާނެއެވެ. އަދި މީސްތަކުން އެބައިމީހުންނާ ދެކޮޅަށް ތެދުވެ މާތްﷲ ގެ ހަޟްރަތުގައި މަދަދަށް އެދި ދަންނަވާނެއެވެ. އަދި ތިމަން ކަލޭގެފާނު (އެބަހީ އީސާ އަލައިހިއްސަލާމް) މާތްﷲ އަށް ދުޢާ ދަންނަވާނެއެވެ. މާތްﷲ ތިމަންކަލޭގެފާނުގެ ދުޢާ އިޖާބަ ކުރައްވާ އެބައިމީހުން ނެތިކުރައްވާނެއެވެ. އަދި އަނެއްކާވެސް ތިމަންކަލޭގެފާނު ދުޢާ ކުރެއްވުމުން މާތްﷲ ބިމަށް ވާރޭ ފޮނުއްވާ އެބައިމީހުންގެ މުޑުދާރުކަމުން ބިން ޠާހިރުކުރައްވާ އެބައިމީހުން ކަނޑަށް ދޮވެވިގެން ދާނެއެވެ."
މި ހަދީޘުން ދޭހަވާގޮތުގައި އަރަހުށި އޯގާވަންތަ މާތްﷲ އިސާގެފާނުންގެ ދުޢާފުޅު އިޖާބަކުރައްވާ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ކިބައިން ސަލާމަތްކުރައްވާނެއެވެ. ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ހަލާކުކުރައްވާނޭގޮތުގެ ވާހަކަ މާތް ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމަގެ ހަދީޘްފުޅުތަކުގައި އަންނަނިވި ގޮތަށް ސިފަކުރައްވާފައިވެއެވެ.
"ދެން މާތްﷲ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ފޮނުއްވާނެއެވެ.... ދެން އިސާ އަލައިހިއްސަލާމް އާއި އެކަލޭގެފާނަށް ތަބާވީމީހުން މާތްﷲ އަށް ދުޢާދަންނަވާނެއެވެ. އަދި މާތްﷲ ޖަމަލުތަކާއި ބަކަރިތަކުގެ ކަރުގައި ފަންޏެއް ފޮނުއްވާ އެބޮޑުޖަމާޢަތް އެންމެ މީހަކު މަރުވާފަދައިން ހަލާކުކުރައްވާ ނެތި ކުރައްވާނެއެވެ."
"އީސާ ގެފާނާއި އެކަލޭގެފާނަށް އީމާންވީމީހުން ޔައުޖޫޖު މައުޖޫޖުބާގައިގެ މީހުންގެ ކިބައިން ސަލާމަތްކޮށްދެއްވުމަށް އެދި މާތްﷲ އަށް ދުޢާ ދަންނަވާނެއެވެ. ދެން މާތްﷲ އުޑުން ފަންޏެއް ބާއްވާލައްވާނެއެވެ. އެފަނި އެބައިމީހުންގެ ކަރުތަކުން ލޭ ބޫނެއެވެ. އެހިނދު އެއްވެސް އަޑެއްބަޑެއްނެތި އެބައިމީހުން މަރުވެދާނެތެވެ."
އެބައިމީހުން ހަލާކުކުރައްވާނޭ ގޮތާއިބެހޭގޮތުން އެތަކެއް ހަދީޘްފުޅުތަކެއް މާތް ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހިވަސައްލަމަ ބަޔާންކޮށްދެއްވާފައިވެއެވެ. އެގޮތުން ބަޔާންކޮށްދެއްވާފައިވާ ބައެއް ހަދީޘްފުޅުތަކުގެ މާނަ ތިރީގައި އެވަނީއެވެ.
"މާތްﷲ އުޑު ފަންޏެއް ބާއްވާލައްވާ އެބައިމީހުންގެ ކަރުން އެފަނިތައް ލޭބުއިމުން އެބައިމީހުން މަރުވެދާނެތެވެ..."
"ދެން ޖަމަލާއި ކަންބަޅިބަކަރީގެ ތެރެއިން ފަންޏެއް އެބައިމީހުންގެ ނޭފަތާއިކައިރީގައި ނަގާގޮތް މާތްޑ މެދުވެރިކުރައްވާނެއެވެ. އަދި އޭގެސަބަބުން އެބައިމީހުން މަރުވެ ނެދިވެގެން ހިނގައިދާހުއްޓެވެ."
"ދެން މާތްﷲ އުޑުން ޖަމަލާއި ކަންބަޅިބަކަރީގައިވާ ފަންޏެއްކަމުގައިވާ ނަސާލް އެބައިމީހުންގެ މައްޗަށް މަތިން ބާއްވާލައްވާނެއެވެ. އަދި އެ މައިކްރޯބްތަކެއްފަދައިންވާ ފަނިތައް ނުވަތަ ސޫފިތައް އެބައިމީހުންގެ ކަރުން ލޭބޮއި އެބައިމީހުން ހަލާކުކުރާނެތެވެ."
މި ހަދީޘްފުޅުތަކުން ދޭހަވާގޮތުގައި ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ނިމުންވާހުށީ ބަލިމަޑުކަމަކުންނެވެ. އަދި އެގޮތުގައި ފަސޭހަކަމާއިއެކު އެބައިމީހުންގެ ފިތުނައިން މާތްﷲ ދުނިޔެ ސަލާމަތްކުރައްވާނެއެވެ.
ޝައްކެތްނެތްގޮތުގައި ޔައުޖޫޖު މައުޖޫޖު ބާގައިގެމީހުންގެ ފިތުނައިން އީސާ އަލައިހިއްސަލާމް ދުނިޔެ ސަލާމަތްކުރާނޭކަމީ މުޢުމިނިންނަށް ލިބޭނޭ ވަރަށްވެސް އުފާވެރި ޚަބަރެކެވެ. އަހަރެމެންގެ މާތް ނަބިއްޔާ ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ:
"އީސާ އަލައިހިއްސަލާމާއި އީމާންވީމީހުން ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނަށްފަހު އެތަކެއް އަހަރު ދިރިއުޅޭނެއެވެ. މި އަހަރުތައް ވެގެންދާނީ ހަމަޖެހުމާއި ސުލްޙަމަސަލަސްކަމާއި އިސްލާމްދީނުގެރިވެތި އަޚްލާޤު ބިމުގައި ފެތުރިގެންދާނޭ އަހަރުތަކަކަށެވެ."
މިއަދު ދައްޖާލުފާޅުވުމުގެ އަލާމާތްތައް ދުނިޔޭގެ އެކި ދިމަދިމާއިން އަންނަނީ ފެންނަމުންނެވެ. ކަލަކު ވޮޑިގެންވާކަމަށް އިންކާރުކުރުމާއި، މާއްދިއްޔަތަށް އިންސާނީ ދަރިފަސްކޮޅުހެއްލެމުންދިއުމާއި، ޑާވިންގެ ނަޒަރިއްޔާތާއި، ދެކޮޅުވެރި ދެބަސްވުންތަކާއި ހަނގުރާމަތައްވަނީ އިންސާނީ މުޅި ދަރިފަސްކޮޅަށްފެތުރި އާންމުވެފައެވެ. ބައެއްމީހުން އެބައިމީހުންނަށް އެދެވެނީ ޝައިޠާނީ ނުވަތަ ދައްޖާލުގެ މަގުންކަން އެނގިގެންނެވެ. އަނެއްބަޔަކަށް އެމީހުންގެ އަމަލުތަކުގެ ނުރައްކާތެރިކަން ނޭންގިއެވެ.
އިންސާނުންނަށް މި މުސީބާތްތަކުން ސަލާމްތަވެވޭނީ ހަމައެކަނި އެބައިމީހުންގެ އީމާންތެރިކަން ވަރުގަދަކޮށް ކަލަކުވޮޑިގެންނުވާކަމަށް ދަޢުވާކުރާމީހުންނާއި ދެކޮޅަށް ތެދުވެ އިސްލާމުންނަށް އެބައިމީހުންގެ މަތިވެރި އުޞޫލާ ހަމަތައް ފުރިހަމަގޮތުގައި ޤާއިމްކުރެވިގެންނެވެ. ސައްޔިދުނާ ޢީސާ އަލައިހިއްސަލާމާއި މަޙްދީ ގެފާނުން ދައްޖާލާއި ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނާ ދެކޮޅަށް ފަހުޒަމާނުގައި ކުރައްވާނޭ ހަނގުރާމައަށް ތައްޔާރުވެ ހުރިހާ މުސްލިމުންނަކީ އެއްބައިވަންތަ ދީނުގެ ހުކުމްތަކަށް ޢަމަލުކުރާ އަދި އަންނަން އޮތް ޖީލުތަކަށް އެންމެ ފުރިހަމަގޮތުގައި ދީން ފޯރުކޮށްދޭ ބަޔަކަށް ވާންޖެހެއެވެ. –ނިމުނީ-

އިސްލާމީ އަޚްލާގުގެ ތެރެއިން އަނެކާއަށް މަޢާފްކުރުމާއި އެކަމުގެ ސިއްޙީ ފައިދާ


ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ އިސްލާމި އަޚްލާޤުގެ ތެރޭގައި ހިމެނޭ ސިފަތަކުގެ ތެރެއިން އެއްސިފައަކީ މަޢާފްކުރުމެވެ.
ޢަފޫކުރެއްވުމުގައި ހިއްޕަވާށެވެ! (އެބަހީ، މީސްތަކުންނަށް ލުއި ފަސޭހަގޮތުގައި ހިއްޕަވާށެވެ!) (7:199)
އަދި އެހެން އާޔަތެއްގައި މާތްﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.
"ތިއަބައިމީހުންގެ ތެރެއިން، ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރީން، ގާތްތިމާގެ މީހުންނަށާއި، މިސްކީނުންނަށާއި، މާތްﷲގެ މަގުގައި ހިޖުރަކުޅަ މީހުންނަށާއި، (ތިމާމެންގެ ތަނަވަސްކަމުގެތެރެއިން ނުދިނުމަށް ހުވާނުކުރާހުށިކަމެވެ. އަދި، އެބައިމީހުން، ޢަފޫކޮށް މާފުކުރާ ހުށިކަމެވެ. ތިޔަބައިމީހުންނަށް މާތްﷲ، ފާފަފުއްސަވާ އަފޫކުރައްވާކަށް ތިއަބައިމީހުން ނޭދެމުހޭ؟ މާތްﷲ އީ، ފާފަފުއްސަވާ، ރަޙްމަތްލައްވާ ރަސްކަލާންގެއެވެ. (24:22)
ޤުރުއާނުގައި އަންގަވާފައިވާ އަޚްލާޤީ ސިފަތަކަށް ތަބަޢަނުވާ މީހުންނަށް އެނެކާއަށް މަޢާފްކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެނީ އެފަދަ މީހަކީ ކުރެވޭ ކުޑަކުޑަކުށަކުން އޭނާގެ ރުޅި އޭނާއަށް ކޮންޓްރޯލްކުރުމަށް އުނދަގޫވާނެ މީހެކެވެ. އެހެނަސް މަޢާފް ކުރުމަކީ މާތްﷲ އަށް ފުރިހަމަގޮތުގައި އީމާންވެގެންތިބި މީހުންނަށް އެންމެ ރަނގަޅުގޮތްކަމުގައި އެކަލާންގެވަނީ އަންގަވާފައެވެ.
ނުބައިކަމެއްގެ ޖަޒާއަކީ އެފަދަ ނުބައިކަމެކެވެ. ފަހެ އޭނާއަށް ނުބައިކަމެއްކޮށްފި މީހާގެ ކިބައިން ޢަފޫކޮށް ޞުލްޙަވެރިވެގަތް މީހާގެ ޖަޒާވަނީ މާތް ﷲގެ ހަޟްރަތުގައެވެ. ހަމަކަށަވަރުން ޟުލްމުވެރި އަނިޔާވެރީންދެކެ އެކަލާންގެ ރުހިވޮޑިގެނެއްނުވާނެތެވެ. (42:40)
އޭ އީމާންވީމީސްތަކުންނޭވެ. ހަމަކަށަވަރުން ތިޔަބައިމީހުން އިނދެގެންއުޅޭ މީހުންނާއި ތިޔަބައިމީހުންގެ ދަރީންގެ ތެރޭގައި ތިއަބައިމީހުންގެ ދުޝްމަނުންވެއެވެ. ފަހެ އެމީހުންނަށް ރައްކައުތެރިވެތިބޭށެވެ. އަދި، (އެމީހުންނަށް) ޢަފޫކޮށް މަޢާފުދީ ކުށުގެ މަތިން ހިތް ރަނގަޅުކޮށްފިނަމަ ފަހެ ހަމަކަށަވަރުން މާތް ﷲއީ ފާފަފުއްސަވާ ރަޙީމުވަންތަ ކަލާނގެއެވެ. (64:14)

Monday, November 24, 2008

ދިރިއުޅުމުގެ އެންމެ އަސާސީ ސުވާލް


އެމީހުން ހެދިފައިވަނީ ހެއްދެވިފަރާތަކާ ނުލާހެއްޔެވެ؟ ނުވަތަ (އެމީހުންގެ އަމިއްލަ ނަފްސުތައް) ހެދި ބަޔަކީ އެމީހުންހެއްޔެވެ؟ ނުވަތަ އުޑުތަކާއި ބިން ހެދީ އެމީހުންހެއްޔެވެ؟ (އެހުރިހާތަކެތި ހެއްދެވީ ޚާލިގުވަންތަ މާތްﷲ އެވެ.) އަދި ކިއެއްހެއްޔެވެ! އެމީހުން އެކަން ޔަޤީނެއް ނުކުރެތެވެ. ނުވަތަ ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ރަސްކަލާންގެ ޚަޒާނާތައްވަނީ އެމީހުންގެ ކިބައިގައިހެއްޔެވެ؟ ނުވަތަ ކަންތައްތަކުގެ މައްޗަށް ބާރު ހިންގާ ބަޔަކީ އެމީހުން ހެއްޔެވެ؟ (سورة الطور 35-37)

ދީނީ ކަންކަން މިނާ ވަޒަންކުރުމުގައި ބައެއް ފަރާތްތަކަށް ހެދޭ އެންމެބޮޑު ގޯހަކީ މާތް ﷲ ވޮޑިގެންވާކަމާ އެކަލާނގެ ކުޅަދުންވަންތަކަމާމެދު ފިކުރުކުރުމަކާނުލާ އެފަދަ ކަންކަން ވަޒަންކުރެވޭކަމެވެ. މިސާލެއްގެގޮތުން ދަންނަވަނީނަމަ އިޖްތިމާޢީ ޢިލްމުވެރިން ދީނާގުޅޭގޮތުން ކަމެއް ހޯދާދިރާސާކުރާނަމަ، ތަފާތު ދީންތައް އުފެދޭގޮތާއި ދީނުގެ ސަބަބުން މުޖުތަމަޢަށް އިޖްތިމާއީގޮތުންކުރާ އަސަރުތަކާގުޅޭގޮތުން ކިތަންމެ ފޮތެއްވެސް ލިޔެވިދާނެއެވެ. ނަމަވެސް ހަޤީޤީ ދީނުގެ އިމުގެތެރޭގައި ދިރިއުޅޭމީހަކަށް، ދީނާމެދު އެނގޭމިންވަރާ ގާތަށްވެސް އެހުރިހާ ޢިލްމީ ދިރާސާތަކަކުންވެސް ދީނީކަންކަން އެފަދަމީހަކަށް ދެނެއެއްނުގަނެވޭނެއެވެ.
އެފަދަ މީހުންނަކީ މާތްﷲގެ ކަށުކުޅަދުންވަންތަކަމާ އެކަލާންގެ ވޮޑިގެންވާކަން ދެނެގަނެވޭނޭ ބައެއްކަމުގައެއްނުވެއެވެ. ނަމަވެސް މިއީ ދީނުގެ އަސާސެކެވެ. ދީން އެނގެން ބޭނުން ކޮންމެމީހަކުވެސް އެންމެފުރަތަމަކަމަކަށް މާތްﷲ ވޮޑިގެންވާކަން ޤަބޫލްކުރަންޖެހެއެވެ. އެމީހަކީ މާތްﷲ ވޮޑިގެންވާކަން ޤަބޫލްނުކުރާމީހެއްނަމަ އޭނާ ޤުރުޢާނާ މުސްލިމުން ވަޒަންކުރަމުންގެންދާނީ އޭނާގެ އަމިއްލަ ވިސްނުމުގެ ހައްދުގެ ތެރެއިންނެވެ.
ނަމަވެސް ޤުރުޢާނުގައި ވަނީ އެފަދަމީހުންނަށް ވަޢީދުގެ ބަސްފުޅު އިއްވަވާފައެވެ.
އަދި ކިއެއްތަ! އެމީހުން (އެޤުރުއާން) ދޮގުކުރުމަށް އަވެސްވެގަތީ އެމީހުންނަށް އޭގެ މާނަވެސް ނޭންގެނީހެވެ. އަދި އެފޮތުގައިވާ ވަޢީދުތަކުގެ ޙަޤީޤަތް އެމީހުންނަށް ނޭންގެނީހެވެ. ހަމައެފަދައިން އެބައިމީހުންގެ ކުރީގެ (އުންމަތްތަކުގެެ) މީހުންވެސް (ރަސޫލުން) ދޮގުކުރޫއެވެ. ފަހެ އަނިޔާވެރިންގެ ނިމުންވަނީ ކިހިނަކުންކަން ކަލޭގެފާނު ބައްލަވާށެވެ. (سورة يونس 39)