އިސްލާމް ދީނަކީ މުޅިދިރިއުޅުމުގެ އެންމެހާ ކަމަކަށް ރިޢާޔަތްކުރެވިފައިވާ ދިރިއުޅުމުގެ އެންމެހާ އުޞޫލުތަކާއި ހަމަތައް ކަނޑައެޅިބަޔާންކުރެވިފައިވާ މަތިވެރިދީނެކެވެ. އެދީނުގައިވަނީ ފަރުދީ ގުޅުންތަކާއި، އިޖްތިމާއީ ގުޅުންތަކާއި، އެހެނިހެން ދީންތަކުގެ މީހުންނާއިމެދު އޮންނަންޖެހޭ ގުޅުންތަކާއި، އިޖްތިމާއީ އިޤްތިޞާދީ އަދި އެނޫންވެސް ދުނިޔަވީ އަދި އުހުރަވީ އެންމެހާ އަސާސްތަކަކަށް ފާޅުވެ އެނގިގެންވާ ހަމަތަކާއި އުޞޫލުތަކެއް ކަނޑައަޅުއްވާފައެވެ. އިންސާނީ ހައްޤުތައް ރައްކާތެރިކުރުމާއި، އަނެކާއަށް އިޚްތިރާމްކުރުމާއި، އަމިއްލަ ނަފްސު ދިފާއުކޮށް ރައްކާތެރިކުރުމަށް އިސްލާމްދީންވަނީ އެންމެފުރިހަމަ ނަމޫނާ އަމަލީގޮތުން އިންސާނުންނަށް ދައްކައިދީފައެވެ. ހަމައެހެންމެ ތިމާގެ ހައްޤުތައް ރައްކާތެރިކުރުމުގައި އަނެކާގެ ހައްޤުތަކަށް ސަމާލުވުމާއި ކުއްވެރިންނަށް އެމީހަކު ކުރިކުށަކަށްވުރެ ބޮޑެތި އަދަބުތައް ނުދިނުމަށް އިސްލާމްދީންވަނީ އަމުރުކުރައްވާފައެވެ.
ވީއިރު އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެހާ ކަމަކަށް މަގުކޮށައިދީފައިވާ އިންސާފުވެރި މަތިވެރި އިލާހީ ދުސްތޫރެއް މީސްތަކުންގެ މައްޗަށް ލާޒިމްކުރައްވާފައިވާ ދީނެކެވެ.
އިސްލާމްދީން އައިސްފައިވަނީ އިންސާނިއްޔަތައްޓަކައި މައިގަނޑު ފަސްކަމެއް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް އަމުރުވެވިގެންނެވެ. އެއީ ފުރާނަޔާއި، ބުއްދިއާއި، މުދަލާއި، ދަރިފަސްކޮޅާއި ދީން ހިމާޔަތްކޮށް ރައްކާތެރިކުރުމަށެވެ. އެހެންކަމުން އިސްލާމީ ދުސްތޫރުގައި މަނާކުރެވިފައިވާ އެންމެހާކަންކަން މަނާކުރެވި އެކަންކަމަށް އަދަބު ކަނޑައެޅިފައިވަނީ މި ފަސްކަންތައް ރައްކާތެރިކުރުމުގެ މައްޗަށެވެ. އެގޮތުން އިސްލާމްދީނުގައިވަނީ ގަސްތުގައި މީހުން މެރުމާއި، ވައްކަންކުރުމާއި، ރާ ބުއިމާއި، ޒިނޭކުރުމާއި މުރުތައްދުވުމަށް ހަރުކަށި އަދަބު ކަނޑައަޅުއްވާފައެވެ. ހަތް އުޑުގެ މަތިން ﷲ سبحانه وتعالى ބާއްވާލެއްވި އެކަލާނގެ އިލާހީ ޤާނޫން، ކީރިތިޤުރުއާނުގައިވަނީ އެކަންކަމަށް އިޝާރާތްކުރައްވާ އެކަންކަމުގެ ނުރައްކާތެރިކަން މީސްތަކުންނަށް ހާމަކޮށްދެއްވާފައެވެ. އަދި އެފަދަ އަމަލުތައް ކުރާމީހުންނަށް ހަރުކަށި އަދަބުތައް އެދީނުގައި ކަނޑައަޅުއްވާފައިވަނީ އެފަދަ ޢަމަލުތަކުގެ ސަބަބުން މުޖުތަމައަށާއި މުޅި އިންސާނިއްޔަތަށް ލިބިގެންދާ އަގުނުކުރެވޭނޭ ބޮޑެތި ގެއްލުންތަކުން މީސްތަކުން ސަލާމަތްކުރުމާއިއެކު އެކަންކަމުގެ ނުބައިކަން މީސްތަކުންނަށް ބަޔާންކޮށްދެނިވި ފިލާވަޅެއްގެ ގޮތުގައެވެ.
އިންސާނީ އާންމު ވިސްނުމަކުން ވިސްނާލާއިރުވެސް ދެނެގަނެވޭނޭ ހަޤީޤަތަކީ މީހަކު "ކުށެއް" ކުރުމުން އެކުށަށް އަދަބު ދެވެންޖެހޭނެކަމެވެ. މިކަމަކީ އެއްވެސް އިންސާނަކު ދެބަސްވާނޭކަމެއް ނޫނެވެ. އަދި މީސްތަކުންގެ މެދުގައި އިންސާފު ޤާއިމްކުރެވޭނީ މިމަގުންކަން ކޮންމެ އިންސާނަކުވެސް ޤަބޫލުކުރާނެއެވެ. އިންސާނުންގެ ތެރެއިން ކޮންމެ މީހަކީވެސް އެމީހަކުކުރާ ޢަމަލުތަކަށް އިޚްތިޔާރު ލިބިގެންވާބައެކެވެ. އެހެނީ އިންސާނުންނަކީ ﷲ سبحانه وتعالى އެކަލާނގެ ޚަލްޤު ކުރެއްވި އެހެން މަޙްލޫޤުންނަށްނުދެއްވާ މިންވަރުގެ ބުއްދިއެއް ދެއްވާފައިވާ މަޚްލޫޤެކެވެ. ރަނގަޅާއި ނުބައި ދެނެގަތުމަކީ އެބައިމީހުންނަށް ދެއްވާފައިވާ ބުއްދީގެބޭނުން ހެޔޮގޮތުގައި ހިފާ މީހަކަށް ދަތިކަމަކަށް ނުވާނެއެވެ. ހަމަ އެހެންމެ އެއްވެސް އިންސާނަކީ އަނެކާކުރާ ކުށެއްގެ ސަބަބުން އަދަބެއް ލިބިގެންވާނޭ މީހެއްނޫނެވެ. އަދި އޭނާގެ އިޚްރިޔާރަކާއިނުލާ ނުވަތަ ސިކުނޑީގެ އުނިކަމަކުން ކުރެވޭ ކުށަކަށްވެސް އަދަބުލިބިގެންވާނޭ ބައެއްނޫނެވެ. އެގޮތުން މީހަކު ކުށެއް ކުރިކަން ސާބިތުނުވާހާ ހިނދަކު އޭނާއަކީ ކުށުން ބަރީއަވެގެންވާމީހެކެވެ.
އިސްލާމްދީނުގައި ކުށްތައް ބަހާލެވިފައިވަނީ ތިންބަޔަކަށެވެ. އެއީ މީހަކަށް ނުވަތަ ބައެއްގެ މައްޗަށް ކުރެވޭ ކުށާއި، ތިމާގެ އަމިއްލަ ނަފުސަށްކުރެވޭ ކުށާއި އަދި މާތްﷲ އަށް ނުކުޔަމަންތެރިވެ އެކަލާނގެ އަމުރުފުޅުތަކާއި ދެކޮޅަށް ކުރެވޭ ކުއްތަކެވެ. އިސްލާމްދީނުގައި ކުށްތަކަށް ދެވޭ އަދަބަކީ އެކުށްކުރިމީހާގެ މައްޗަށްވާ ތަޢުބާއެއް ނޫނެވެ. ނުވަތަ އެ އަދަބު ދިނުމުގެ ސަބަބުން އޭނާގެ އެކުށް ފޮހެވިގެންނުދެއެވެ. ކުށެއްގެ ފާފައިން އެމީހަކަށް ދުރުވެވޭނީ ފުރިހަމަގޮތުގައި މާތްﷲ އަށް ތަޢުބާވެގެންނެވެ. އަދި ހަމަ އެހެންމެ އެހެން އިންސާނެއްގެ މައްޗަށް ކުރެވިފައިވާ ކުއްތަކަކީ ހަމަ އެކަނި ﷲ سبحانه وتعالى އަށް ތަޢުބާވުމަކުން ފޮހެވިގެންދާނޭ ކުއްތަކެއްވެސް ނޫނެވެ.
ކުރިން ދެންނެވުނު ފަދައިން އިސްލާމްދީނުގައި ކަނޑައެޅިފައިވާ އުޤޫބާތްތަކަކީ އެފަދަ އަދަބުތަކުގެ ސަބަބުން އަނެކާގެ ހައްޤުތަކާއި މުޖުތަމަޢުގެ ހައްޤުތައް ރައްކާތެރިކުރުމާއިއެކު އެފަދަ ކުށްތައް މުޖުތަމައުގައި ތަކުރާރުވިޔަ ނުދިނުމަށް ބާރުއަޅައިދޭ އުޤޫބާތްތަކެކެވެ. އަދި ހަމަ އެހެންމެ އެހެނިހެން މީސަތަކުންނަށް އޭގެ ސަބަބުން ފިލާވަޅެއް ހާޞިލްވެގެންދާނޭ އަދަބުތަކެކެވެ. އެހެންކަމުން އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އިލާހީ ޤާނުނުތައް އެއްކިބާކޮށް ހަމައެކަނި އިންސާނުންގެ ވިސްނުމުން ހަދާފައިވާ ހުކުމްތަކާއި ޤާނޫނުތައް މީސްތަކުންގެ މައްޗަށް ތަންފީޒުކުރަންވެއްޖެނަމަ އަޅުގަނޑުމެންގެ މުޖުތަމަޢުތައް އިސާހިތަކު ފަސާދަވެދާނެއެވެ. މިކަމުގެ ހެކިތައް ދުނިޔޭގެ ކޮންމެ ދިމާލަކުންވެސް އޮޅުމެއްނެތި އެދަނީ ފެންނަމުންނެވެ. އިންސާނުން ޤަސްތުގައި މެރުމާއި، ޒިނޭއާއި އެއްޖިންސުން ގުޅުން ހިންގުމާއި، ވައްކަމާއި މަގުފޭރުން މިއަދުގެ ދުނިޔޭގައިމިވަނީ އާންމުވެފައެވެ. ވީއިރު އަޅުގަނޑުމެންގެ މުޖުތަމަޢު ހަމަމަގަށް އަޅުވާ އަދުލުވެރިކަމާއި އިންސާފު ޤާއިމްކުރެވޭނީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ އޯގާވަންތަ ރަޙްމާންވަންތަ ރަޙީމްވަންތަ އަދި އެންމެ އިންސާފްވެރި އިލާޙް ﷲ سبحانه وتعالى އަޅުގަނޑުމެންނަށް ބާއްވާލައްވާފައިިވާ ޝަރީޢަތް ފުރިހަމަގޮތުގައި ތަންފީޒުކުރެވިގެންނެވެ. އެކަލާނގެ އައްވުރެ ރަހުމްހުރި އޯޤާވެރި ފަރާތަކަށް އަޅުގަނޑުމެން އިންސާނުންނަށް ވެވޭނީ ކިހިނަކުންހެއްޔެވެ؟ އަދި އެކަލާނގެ ބާއްވާލައްވާފައިވާ ޤާނޫނުތައް އެއްފަރާތްކޮށް އެއަށްވުރެ މޮޅު ޤާނޫނެއް އަޅުގަނޑުމެން އިންސާނުންނަށް އުފެއްދިދާނެހެއްޔެވެ؟ އެކަލާނގެ ބާއްވާލެއްވި ޤާނޫނަކީ ނުވަތަ ޝަރީއަތަކީ އޭގައި އެއްވެސް އުނިކަމެއްނުވާ އަދި ހުރިހާ ޒަމާނަކަށް އެކަށޭނަ ޤާނޫނެކެވެ. އެ ޤަނޫނަކީ އެހެން އެއްވެސް ފަރާތެއްގެ ޚިޔާލެއް މަޝްވަރާއެއް ބޭނުންވާނޭ ޤާނޫނެއް ނޫނެވެ. އެކަލާނގެ ބާއްވާލެއްވި އިލާހީ ޤާނޫނުގެ އަސާސަކީ މީސްތަކުންގެ މެދުގައި އިންސާފް ޤާއިމްކުރުމެވެ. އެއްވެސް މީހަކީ އަނެކާގެ މައްޗަށް ގަދަވެގަނެވޭނޭ މީހެއްނޫންކަން ބަޔާންކޮށްދެއްވުމާއެކު އެކަން މި ބިންމަތީގައި ތަންފީޒްކުރުމެވެ. އެކަލާންގެ މިއުންމަތައް ފޮނުއްވެވި އެންމެހާ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ މުހިންމުއެއް މަސައްކަތްޕުޅަކީވެސް އެއީއެވެ.
އެކަލާނގެ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ހަމަކަށަވަރުން، ފާޅުވެގެންވާ ހެކިތަކާއެކު ތިމަން ރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެ ރަސޫލުންނާއެކު، ފޮތާއި، ޢަދުލް އިންސާފުގެ ތިލަފަތް ބާއްވާލެއްވީމެވެ. (އެއީ) މީސްތަކުން ޢަދުލް އިންސާފު ޤާއިމްކުރުމަށްޓަކައެވެ. އަދި ތިމަން ރަސްކަލާނގެ ދަގަނޑު ބާއްވާލެއްވީމެވެ. އޭގައި ނުހަނު ގަދަފަދަކަމާއި، މީސްތަކުންނަށް މަންފާތަކެއް ވެއެވެ. އަދި އެއީ ނުފެންނަތާނގައި ﷲ އާއި، އެކަލާނގެ ރަސޫލުންނަށް ނަޞްރު ދެނީ ކާކުކަން ﷲ ދެނެވޮޑިގެންވެ އެކަން އެންގުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲ އީ، ބާރުވެރިވަންތަ ޢަޒީޒްވަންތަ ރަސްކަލާނގެއެވެ." (الحَدید 57:25)
އިސްލާމީ ޝަރީއަތުގައި މައިގަނޑު ތިން ބައެއް ހިމެނިގެންވެއެވެ. އެއީ ހައްދާއި، ޤިޞާޞާއި، ތަޢުޒީރެވެ. އެގޮތުން ހައްދަކީ ކީރިތި ޤުރުއާނާއި ރަސޫލުﷲ ﷺ ސުންނަތުން ކަނޑައެޅިސާބިތުވެގެންވާ އަދަބުތަކެވެ. އިސްލާމްދީނުގައި ހައްދުތައް ކަނޑައެޅިގެންވަނީ މުޅި މުޖުތަމަޢުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައެވެ. އެފަދަ އަދަބުތަކަކީ އޭގެ މިންވަރަށް އެއްވެސް މީހަކަށް އުނިއިތުރެއް ނުގެނެވޭނޭ އަދަބުތަކެކެވެ. އަދި އެފަދަ ކުށެއް ކުރިމީހާއަށް މަޢާފުދިނުމަކީ އެއްވެސްމީހަކަށް ކުރެވޭނޭކަމެއްނޫނެވެ. އަދި އެފަދަ މީހުންނަށް އޯގާތެރިވެ އަދަބު ލުއިކޮށްދިނުމެއްވެސް ނުވެއެވެ. މާތްﷲ ވާޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (ހައްދު) ޖަހާށެވެ! އަދި ﷲ އަށާއި އާޚިރަތް ދުވަހަށް ތިޔަބައިމީހުން އީމާންވާކަމުގައިވަނީނަމަ، ﷲ ގެ ދީނުގައި އެ ދެމީހުންނާއިމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެދެމީހުންނަށް ދެވޭ އުޤޫބާތް މުޢުމިނުންގެ ބަޔަކު ދެކޭހުށިކަމެވެ!"
މި އާޔަތުން ދޭވަހާ އަނެއް މާނައަކީ މިފަދައިން ހައްދު ކަނޑައެޅިގެންވާ ކުށްތަކަކީ އެފަދަ ކުށްތަކަށް ދެވޭ އުޤޫބާތުގެ ސަބަބުން އެހެންމީހުންނަށް އެއިން ފިލާވާޅު ލިބިގަތުމަށާއި މުޖުތަމަޢު އިސްލާޙްކުރުމަށް ކަނޑައެޅިފައިވާ އުޤޫބާތްތަކެއްކަމެވެ. އެހެނީ ކުރިން ދެންނެވުނުހެން ހައްދު ކަނޑައެޅިގެންވާ ކުށްތަކަކީ މުޅި މުޖުތަމަޢުއަށް އޭގެ ނުބައި އަސަރުތައް ފެތުރިގެންދާ މުޖުތަމަޢު ފަސާދަކުރުވަނިވި ކުއްތަކެވެ. އެގޮތުން ރާބުއިމާއި، މަގުފޭރުމާއި، ވައްކަންކުރުމާއި، ޒިނޭއާއި، ޤަޒްފުކުރުމާއި، މުރުތައްދުވުމަކީ ހައްދު ކަނޑައެޅިގެންވާ ބޮޑެތި ކުއްތަކެވެ.
އިސްލާމީ ޝަރީޢަތުގައި ހިމެނޭ ދެވަނަ ބަޔަކީ ޤިޞާޞްކުރުމެވެ. ޤިޞާޞް ކުރުމުގެ ހުކުމް ކަނޑައެޅިގެންވަނީ ޤަޞްދުގައި މީހަކަށް ޖިސްމާނީގޮތުން އަނިޔާއެއް ދިނުމާއި ޤަޞްދުގައި މީހަކު މެރުންފަދަ ކުއްތަކަށެވެ. މިފަދަ ކުއްތަކުގައި އެފަދަ ކުށެއްގެ ސަބަބުން އަނިޔާއެއް ލިބުނުމީހެއްގެ އާއިލާއަށް ނުވަތަ އެފަދަ ކުށެއްގެ ސަބަބުން މަރުވި މީހެއްގެ އާއިލާއަށް އެކަންކުރިމީހެއްގެ ފުށުން އެކަމުގެ ހައްޤު ބަދަލު ހިފުމުގެ ފުރުޞަތު ލިބިދީފައިވެއެވެ. އެގޮތުން ޤިޞާޞް ކުރުމުގައި އެފަދަ މީހެއްގެ އާއިލާއަށް އެ ކުއްކުރި މީހެއްގެ ފަރާތުން ތިންކަމަކުންކުރެކަމަކަށް ރުހެވިދާނެއެވެ. އެއީ އެކުށަށް ކަނޑައެޅިގެންވާ ބަދަލު ހިފުމުގެ ހައްޤު އަދަބު (މަރަށް މަރުހިފުން) އެމީހަކަށް ކަނޑައެޅުމަށް އެދުމާއި، އޭނާގެ ފަރާތުން އޭގެ ބަދަލުގެ ގޮތުގައި އަގެއް ނެގުމާއި، ނުވަތަ އޭނާގެ ކުށް މަޢާފްކޮށްދިނުމެވެ، އޭގެ ސަބަބުން އެމީހެއްގެ ފަރާތުން އެކަމަށް ކަނޑައެޅިފައިވާ އުޤޫބާތުން އޭނާ ސަލާމަތްވެގެންދާނެއެވެ. އަދި އެކަމުގެ ސަބަބުން މީސްތަކުންގެ މެދުގައި ރަޙްމާއި ލޯބި އިތުރުވެގެންދާނެއެވެ. ނަމަވެސް މިގޮތުގައި ކަންކުރުމުގައި ކޯޓުން ބޭރުގައި އެކަންކަން ފުރިހަމަ ކުރަންޖެހެއެވެ. ނޫންނަމަ ޤާޟީއަށް އެކުށް ކުރިމީހާގެ މައްޗަށް ހައްޤު އަދަބު ތަންފީޒުކުރުމަށް ލާޒިމްވެގެންވެއެވެ.
އިސްވެދެންނެވުނު ދެބާވަތުގެ ކުށްތައް ފިޔަވައި އެހެނިހެން ކުށްތައް ފެތިގެންދަނީ ތަޢުޒީރުގެ ތެރެއަށެވެ. އެއީ ކުށުގެ ކުޑަބޮޑުމިނަށް ބަލާ ޢަދުލް އިންސާފް ޤާއިމްކުރާ ފަރާތަށް އެކަމުގައި އަދަބު ކަނޑައެޅުމުގެ އިޚްތިޔާރާއި ބާރުލިބިގެންވާ ކުށްތަކެވެ.
އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ހުކުމްތައް މީސްތަކުންނަށް ކަނޑައެޅުމުގައި ދެނެގަންނަންޖެހޭ އަނެއް ހަޤީޤަތަކީ ކޮންެމެ މީހެއްގެ މައްޗަށްވެސް އުޤޫބާތެއް ނުވަތަ އަދަބެއް ކަނޑައެޅޭނީ އެމީހަކު އެކުށެއް ކުރިކަމާއި އެކުރި ކުށެއްގެ ބާވަތާއި ކުޑަބޮޑުމިން އެއްވެސް ޝައްކެތްނެތި ސާބިތު ހެއްކާއެކު ޔަޤީންވެ ކަށަވަރުވުމުންނެވެ. ޝައްކެތްގެ މަތީގައި ނުވަތަ ކުށްހީއެއް، ވަހުމެއްގެ މައްޗަށް ބުރަވެ އެއްވެސްމީހަކަށް ހުކުމްކޮށް އަދަބެއް ކަނޑައެއްނޭޅޭނެއެވެ.
އިސްވެދެންނެވުނު އިސްލާމީ ޝަރީޢަތުގެ އަޞާސްތަކަށް ބަލާއިރު އެދީނުގައި ކަނޑައަޅުއްވާފައިވާ އެންމެހާ އުޤޫބާތްތަކާއި އަދަބުތައް ކަނޑައަޅުއްވާފައިވަނީ ޝައްކެތްނެތްގޮތުގައި މުޅި އިންސާނިއްޔަތުގެ ލާބަޔާއި ފައިދާއަށްކަން ދޭހަވެއެވެ. އަދި އެއީ މީސްތަކުންގެ މެދުގައި އެންމެ ފުރިހަމަ ގޮތުގައި އިންސާފް ޤާއިމްވެގެންދާނޭ މަގުކަން ކަނޑައެޅިބަޔާންވެގެންދެއެވެ. އަޅުގަނޑުމެން ހަލްޤުކުރައްވާ ދިރިއުޅުމުގެ އެންމެހާކަމެއް ފުއްދަވައިދެއްވާ ރިޒްޤުތަނަވަސްކޮށްދެއްވި ޚާލިޤުވަންތަ އެއްކައުވަންތަ އިލާހަށްވުރެ ރަހުމުހުރި އޯޤާވެރިއަކަށް ނުވަތަ އިންސާފުވެރިއަކަށް އަޅުގަނޑުމެންނަށް ވެވޭނީ ކިހިނަކުންތޯއެވެ؟ އެކަލާންގެއީ ފުދިވޮޑިގެންވާ ހަމްދު ލިބިވޮޑުގެންވާ އެއްކައުވަންތަ މާތް ﷲ އެވެ.

No comments:
Post a Comment