މުޢުމިނުންގެ އަމީރު އުމަރު ބުން ޚައްޠާބު އަވަހާރަކޮށްލުމުގެ ޝައިޠާނީ ރޭވުމާއިގެން އަބޫ ލުއު
ލުއު އަލް މަޖޫސީ އަނދިރީގެތެރޭގައި ފިލާހުއްޓެވެ. އުމަރުގެފާނު މީސްތަކުންނާއިގެން ފަތިސްނަމާދުކުރެއްވުމުގައި ވަރަށް ދިގުކޮށް ކިޔަވާ ވިދާޅުވެވަޑައިގަންނަވައެވެ. އެއީ ގަނަބަޔަކަށް ނަމާދުގެ ޖަމާއަތުގައި ބައިވެރިވުމަށް ވަގުތު ދެއްވުމުގެ ގޮތުންނެވެ. އެކަލޭގެފާނު ނަމާދުކުރެއްވުމަށް ހުންނަވަނިކޮށް މަޖޫސީ ކަލޭގެ ފިލާހުރިތަނުން ނުކުމު އުމަރުގެފާނުގެ ކުރިފުޅުމައްޗަށް އަރާ ވިހަލާފައިވާ ޚަންޖަރަކުން އެކަލޭގެފާނަށް ހަމަލާދިނެވެ. އަދި އަބޫ ލުއު ލުއު ޖަމާއަތުގައި ތިބި މީހުންނާއި ދިމާއަށް ހަންޖަރު ހޫރަމުން ކުރިމަތިން ދިމާވިއެތައް ބަޔަކު ޝަހީދުކުރަމުން ފިލަން ދުއްވައިގަތެވެ. އެހިނދު އެޖަމާއަތުގެ މީހަކު އޭނާއާދިމާއަށް ފޮތިގަނޑެއްއެއްލާ އޭނައި މަޑުކުރުވިއެވެ. އެތަންވަޅު އަބޫ ލުއު ލުއު އަށް އޭނާ ހައްޔަރުވީކަން ޔަޤީންވުމުން އެހަންޖަރުން އޭނާއަމިއްލައަށް ޤަތުލުކޮށްފިއެވެ. އުމަރުގެފާނު ނަމާދާއިގެން ކުރިއަށް ވަޑައިގެން ނަމާދު ފުރިހަމަ ކުރެއްވެވިއެވެ. އަދި ފަހުން އެކަލޭގެފާނުގެ އެނދުދާންކޮޅުގައި އޮންނަވާ އަވަހާރަވީއެވެ.
އިސްލާމްދީނުގައި ނަމާދުގެ މަޤާމަކީ އާދައިގެ މަޤާމެއްނޫނެވެ. އެއީ އިސްލާމްދީނުގެ ރުކުންތަކުގެތެރެއިން މުސްލިމަކަށްވުމަށް ލާޒިމްވާ ޝަހާދަތުގެ ދެކަލިމައަށް އީމާންވުމަށްފަހު މުސްލިމުންގެ މައްޗަށް ލާޒިމްވާ އެންމެ ފުރަތަމަ ރުކުނެވެ. އެއީ ހުރިހާ ނަބީބޭކަލުންނަށާއި އެންމެހާ މީސްތަކުންގެ މައްޗަށް ފަރުޟުކުރައްވާފައިވާ އަޅުކަމެކެވެ. އަދި ނަމާދުގެ ފަރުޟު މާތްﷲ ހާމަކޮށްދެއްވާފައިވަނީ ވަރަށްމަތިވެރި ހާލަތްތަކާއި މަޤާމްތަކުގައެވެ. އެގޮތުން މޫސާގެފާނަށް މާތް ﷲ ސީދާ ބަސް ވަޙީކުރެއްވެވި ހިނދު ވަޙީކުރައްވާފައިވެއެވެ.
إِنَّنِي أَنَا اللَّهُ لاَ إِلَهَ إِلاَّ أَنَا فَاعْبُدْنِي وَأَقِمِ الصَّلاَةَ لِذِكْرِي
އަދި ތިމަން ރަސްކަލާނގެ، ކަލޭގެފާނު ޚިޔާރުކުރައްވައިފީމެވެ. ފަހެ، (ކަލޭގެފާނަށް) އިއްވަވާ ވަޙީއަށް ކަނުލައި އައްސަވާށެވެ. (13) ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ ﷲ އެވެ. ތިމަންރަސްކަލާނގެ މެނުވީ، އިލާހަކު ނުވެއެވެ. ފަހެ ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަންކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމަށްޓަކައި ނަމާދު ޤާއިމް ކުރައްވާށެވެ.(14)"
ހަމަ އެފަދައިން މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلىالله عليه وسلم އަށް ނަމާދު ފަރުޟުކުރެއްވުމުގެ ބަސްފުޅު ވަޙީކުރައްވާފައިވަނީ އިސްރާއާއި މުޢުރާޖުގެ މަތިވެރި ދަތުރުފުޅުގައި އުޑައްއަރައިވަޑައިގެންނެވި ހިނދުގައެވެ. ހަމަ އެހެންމެ އަލް މުޢުމިނޫން ސޫރަތުގައި ވާފަދައިން މާތް ﷲ މުޢުމިނުންނަށް ތަޢުރީފްގެ ބަސް ވަޙީކުރެއްވުމުގައި އެބައިމީހުން ސިފަކުރައްވާއިރު އެންމެފުރަތަމަވެސް ސިފަކުރައްވަނީ ނަމާދު ޤާއިމްކުރާ މީހުންގެ ގޮތުގައެވެ. ("މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ" المؤمنون 1-2))މާތް ނަބިއްޔާ މުޙައްމަދު صلىالله عليه وسلم ގެ އެތައް ހަދީސް ފުޅުތަކެއްގައި ނަމާދުގެ މުހިންމުކަމުގެ ވާހަކަތައް ބަޔާންކޮށްދެއްވާފައިވެއެވެ. އިތުރު އެކަލޭގެފާނު ހިދީސްފުޅުކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ޤިޔާމަތްދުވަހުން މާތްﷲ ގެ އަޅުތަކުންގެ ހިސާބު އެންމެފުރަތަމަ ބެއްލެވޭހުށީ ނަމާދާއިމެދުގައެވެ. އެކަން ރަނގަޅުވެއްޖެނަމަ އެހެން ޢަމަލުތައް ރަނގަޅުވެދެއެވެ. އަދި އެކަން ނުބައިވެއްޖެނަމަ އެހެނިހެން ޢަމަލުތައް ނުބައިވެދެއެވެ. (އަލް ތަބަރާނީ- އަލް އަލްބާނީ ވަނީ މިއީ ސަހީޙް ހަދީސްފުޅެއްކަމުގައި ކަނޑައަޅުއްވާފައެވެ.)
ހަޤީޤަތުގައިވެސް ނަމާދަކީ އެނަމާދެއް އަދާކުރަންޖެހޭ ގޮތުގައި ފުރިހަމަކަމާއިއެކު އަދާކޮށްފިނަމަ އޭގެސަބަބުން ތިމާއަށް ދެމިގެންދާނޭ މަތިވެރި އަސަރުތަކެއް ކުރުވާ އަޅުކަމެކެވެ. ނަމާދުގެ އަޅުކަން ފުރިހަމަވުމަށްފަހު އޭނާގެ ހިތް ފުރިގެންދާނީ ﷲގެ މަތިން ހަނދުމަކުރުުގައެވެ. އޭނާ ﷲ އަށްޓަކައި ބިރުވެތިވެ އަދި އެކަލާނގެ ދީލަތިކަމާއި ރަޙްމަތައް އުންމީދުކުރާނެއެވެ. އަދި އެ ހާލަތުގައި އޭނާ މާތްﷲ އަށް އުރެދޭކަމެއް ނުވަތަ ފާފައެއް ކުރުމަށް ބޭނުމެއް ނުވާނެއެވެ. މާތްﷲ ނަމާދުގެ މި މަތިވެރިކަން ހާމަކޮށްދެއްވާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
اتْلُ مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلاَةَ إِنَّ الصَّلاَةَ تَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَلَذِكْرُ اللَّهِ أَكْبَرُ وَاللَّهُ يَعْلَمُ مَا تَصْنَعُونَ -العَنکبوت
"ފޮތުން ކަލޭގެފާނަށް ވަޙީ ކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ނަމާދު ޤާއިމް ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، ﷲ ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައްތައް ﷲ ދެނެވޮޑިގެންވެއެވެ.
ކަންމިހެން ހުރިނަމަވެސް މިއަދު އަޅުގަނޑުމެންގެ މުސްލިމް މުޖުތަމައުގައި ނަމާދުކުރާ މީހުންގެ ތެރޭގައިވެސް އެނަމާދުގެ ސަބަބުން މިދެންނެވުނު މަތިވެރި އަސަރުނުކުރާކަމާއި އަދި އެ މަތިވެރި އަސަރުތައް ލިބިގަތުމަށް ހުރަސްއެޅޭފަދަ ޢަމަލުތައް ތަކުރާރުވަމުންދާކަން ފާހަގަކުރަންޖެހެއެވެ. މިކަންކަމަކީ އަޅުގަނޑުމެން ވިސްނާ އެކަންކަމާމެދު ސަމާލުވާންޖެހޭ މުހިންމު ކަންތައްތަކެކެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި،
ނަމާދުކުރުމުގައި އަވަސްއަރުވާލުން
ނަމާދުގައި ތިބޭއިރު އެބައިމީހުންގެ ބެލުންތައް އެކިދިމާދިމާއަށް ދައުރުކޮށް ހޯދުން
ކުރެވުނު ރަކުއަތުގެ ޢަދަދާއިމެދު ތަކުރާރުކޮށް އޮޅުންއެރުން
ދުނިޔަވީ ކަންކަމުގައި އެބައިމީހުންގެ ހިތްތައް ބަންދުވުމާއި ސިކުނޑިތަކަށް ދުނިޔަވީ ޚިޔާލްތައްވެރިވުން
އިމާމު މީހާއަށްވުރެ އަވަހަށް ހަރަކާތްތައްކުރަމުން ގެންދިއުން ފަދަ ކަންކަން ހިމެނެއެވެ.
މިއަދު އަޅުގަނޑުމެންގެފުށުން ފެންނަ މިފަދަ ކަންތައްތަކާއި އަޅުގަނޑުމެންގެކުރީގެ މީހުންނާއި އަޅާކިޔާލަމާތޯއެވެ. އައް ރަބީބިން ޚައިސަމް ނަމާދުގައި އެކަލޭގެފާނުގެ ބެލުން ތިރިކުރާމިންވަރުން އެކަލޭގެފާނަކީ ލޯފަންބޭފުޅެއްކަމުގައި ބައެއްމީހުން ހީކުރެއެވެ. އަބްދުﷲ އިބްނު މަސްއޫދުގެ ގެކޮޅުގެ ފުރަގަހުގައި ހުންނަ ގެއެއްގައި އެކަލޭގެފާނު ވިހި އަހަރުދުވަސްވަންދެން ދިރިއުޅުއްވިއެވެ. އަދި އިބްނު މަސްޢޫދުގެ ބާންދީއަކަށް އައް ރަބީ ބިން ޚައިސަމް ވަޑައިގަންނަވާތަން ފެނުމުން އިބްނު މަސްޢޫދައް ދަންނަވައެވެ. ކަލޭގެފާނުގެ ލޯފަން ރަޙްމަތްތެރިޔާ އެބަ ވަޑައިގަންނަވައެވެ. އަދި އިބްނު މަސްޢޫދު އެކަމާ ހިނިފުޅުވަޑުވައެވެ.
ބުޚާރީ އާއި މުސްލިމް ގައި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވާ ހަދީސްފުޅެއްގެ މާނައިގައިވެއެވެ. ރަސޫލުﷲ صلىالله عليه وسلم
މިސްކިތުގައި އިށީންދެ ވަޑައިގެން އިންނަވަނިކޮށް މީހަކު މިސްކިތަށް އަރާ ދެ ރަކުއަތް ކުރެއްވުމަށްފަހު ރަސޫލުﷲ صلىالله عليه وسلم އަރިހަށް ވަޑައިގެން ސަލާމް ދެންނެވިއެވެ. އެހިނދު އެކަލޭގެފާނު ސަލާމަށް ރައްދުދެއްވުމަށްފަހު ހަދީސްފުޅުކުރެއްވިއެވެ. "ތިބާ އަލުން ނަމާދުކުރަން ދާށެވެ. ތިބާ އަދި ނަމާދެއްނުކުރެއެވެ." އޭނާ އަނެއްކާވެސް އެނބުރިގޮސް ކުރިން ކުރިފަދައިން ދެރަކުއަތް ކުރުމަށްފަހު ރަސޫލާގެ އަރިހަށް ވަޑައިގެން ސަލާމްދަންނަވައިފިއެވެ. ރަސޫލުﷲ صلىالله عليه وسلم ސަލާމަށް ޖަވާބު ދެއްވުމަށްފަހު އަނެއްކާވެސް ހަދީސްފުޅުކުރެއްވިއެވެ. "ތިބާ އަލުން ނަމާދުކުރަން ދާށެވެ. ތިބާ އަދި ނަމާދެއްނުކުރެއެވެ." މިފަދައިން ތިންފަހަރުވެސް ހަދީސްފުޅުކުރެއްވުމުން އެމީހާ ދެންނެވިއެވެ. "ހައްޤުގެ މަގާއިގެން ކަލޭގެފާނު ފޮނުއްވެވި ފަރާތް ގަންދީ ދަންނަވަމެވެ. ތިމަންނާއަށް މިއަށްވުރެ ރަނގަޅަށް ނަމާދުކުރާކަށް ނޭންގެއެވެ. ތިމަންނާއަށް ދަސްކޮށްދެއްވާށެވެ." ދެން ރަސޫލުﷲ صلىالله عليه وسلم ހަދީސްކުރެއްވިއެވެ. "ތިބާ ނަމާދުކުރުމަށް ތެދުވެއްޖެނަމަ ތަކްބީރުކިއުމަށްފަހު ކީރިތި ޤުރުއާނުން ތިބާއަށް ފަސޭހަވީ މިންވަރެއް ކިޔަވާށެވެ. އަދި ތިބާއަށް ފަސޭހަވެ ހަމަޖެހެންދެން ގުދުވެ ރުކުއުކުރާށެވެ. އަދި މުޅިން ފުރިހަމައަށް ސީދާވާމިންވަރަށް ތެދުވާށެވެ. އަދި ކަށިތައްލެނބި ހަމަޖެހި ތިބާއަށް ފަސޭހަވާމިންވަރަށް ސަޖިދަކުރާށެވެ. އަދި މުޅި ނަމާދު ނިމެންދެން މިފަދައިން ޢަމަލުކުރާށެވެ."
މި ހަދީސުން ދޭހަވާ ފަދައިން ނަމާދުކުރުމުގައި އަވަސްއަރުވާލައިގެން ނަމާދުކުރުމީ ނަމާދުގެ ފައިދާ ފުރިހަމައަށް ލިބިގެންދާނޭ ކަމެއްނޫނެވެ. އަދި ނަމާދުގެ ކޮންމެ ހަރަކާތެއްގައިވެސް ތިމާގެ ހަށިގަނޑުގެ ހަރަކާތް ހަމަޖެހޭ މިންވަރަށް މަޑުކޮށްލުމަކީ ނަމާދު ފުރިހަމަވުގެ ތެރެއިންވާކަމެކެވެ.
އަހަރެމެން މިސްކިތައް އައިސް ނަމާދުކުރަނީ ކީއްކުރަންހެއްޔެވެ؟ އަހަރެމެން އެކަންކުރަނީ އަހަރެމެން ހައްދަވާ ގެންގުޅުއްވާ އިލާޙްގެ އަމުރުފުޅަށް ބޯލަނބާ ކިޔަމަންވުމުގެ ގޮތުންނެވެ. އެހެންކަމުން އެކަމުން ލިބެންވާ ފުރިހަމަ ސަވާބާއި ދަރުމަ ލިބުމުގައި އަހަރަމެން ޣާފިލްވާންވީ ކީއްވެގެންހެއްޔެވެ؟ ދުނިޔަވީ ބޭކާރު ޚިޔާލުތަކާއި ވަސްވާސްތަކުގެ ސަބަބުން އަވަސްވެގަންނަންވީ ކީއްވެގެންހެއްޔެވެ
ހުޝޫއަތް ތެރިކަމަކީ އަހަރެމެންގެ އީމާންތެރިކަމުގެ މޭވާއެވެ. ކަން މިހެން އޮތްނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު އެކަމުގައި ޣާފިލްވުމުގެ ސަބަބުން އެބައިމީހުންނަށްޓަކައި ނަމާދުގެ ސަވާބުން ލިޔެވިގެންދަނީ މަދު މިންވަރެކެވެ.
ރަސޫލުﷲ صلىالله عليه وسلم ހަދީސްފުޅުކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "މީހަކު ނަމާދުކޮށް ނިމުމުން އޭނާއަށް އެ ނަމާދުގެ ދިހަބައިކުޅަ އެއްބައި ނޫނީ ނުލިޔުއްވޭ ހުއްޓެވެ. ނުވަތަ ނުވަބައިކުޅައެއްބައި ނޫނީ ނުލިޔުއްވޭ ހުއްޓެވެ. ނުވަތަ އަށްބައިކުޅަ އެއްބައި ނޫނީ ނުލިޔުއްވޭ ހުއްޓެވެ. ނުވަތަ ހަތްބައިކުޅަ އެއްބައި ނޫނީ ނުލިޔުއްވޭ ހުއްޓެވެ. ނުވަތަ ހަބައިކުޅަ އެއްބައި ނޫނީ ނުލިޔުއްވޭ ހުއްޓެވެ. ނުވަތަ ފަސްބައިކުޅަ އެއްބައި ނޫނީ ނުލިޔުއްވޭ ހުއްޓެވެ. ނުވަތަ ހަތަރުބައިކުޅަ އެއްބައި ނޫނީ ނުލިޔުއްވޭ ހުއްޓެވެ. ނުވަތަ ތިންބައިކުޅަ އެއްބައި ނޫނީ ނުލިޔުއްވޭ ހުއްޓެވެ. ނުވަތަ ދެބައިކުޅަ އެއްބައި ނޫނީ ނުލިޔުއްވޭ ހުއްޓެވެ. (އަބޫ ދާވޫދު އަދި ތިރްމިޒީ)
އުޘްމާން އިބްނު އަބޫ ދަހްޝާހް ވިދާޅުވެފައިވެއެވެ. "ތިމަންގެ ނަމާދުގައި ކުރެވިފައިވާ ކުއްތަކަށް ފާފަފުއްސެވުން އެދި ދުޢާކުރުމާއިނުލާ ތިމަން އެއްވެސް ނަމާދެއް ނުކުރަމެވެ"
ނަމާދު ކުރުމުގައި އަވަސްކޮށް ނަމާދުކުރާ މީހާއަކީ ވައްކަންކުރާ މީހެކެވެ. ރަސޫލުﷲ صلىالله عليه وسلم ހަދީސްފުޅުކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ވައްކަންތަކުގެ ތެރެއިން އެންމެ ނުބައިވައިކަންކުރާ މީހަކީ އޭނާގެ ނަމާދުން ވައްކަންކުރާމީހާއެވެ. އެބައިމީހުން ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ. ނަމާދުން ވައްކަންކުރާނީ ކިހިނަކުންތޯއެވެ؟" އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. "އޭނާ އޭނާގެ ނަމާދުގައި ރުކޫއާއި ސުޖޫދް ފުރިހަމަނުކުރުމުންނެވެ."
ބައެއް މީހުން ނަމާދުގައި އަވަސް ކުރާމިންވަރުން ދޫނި ބިންމަތިން ހޮވާކާހެން ޢަމަލުކުރެއެވެ. ކުކުޅު ކޮތަރު ފަދަ ދޫނިސޫފާ ސޫފި ބިމުން ހޮވާކެއުމުގައި ކޮށްޖަހާ ކާއެތިކޮޅު ތުމުން ހިއްލާލާހާ އަވަހަށް ބައެއްމީހުން ރުކޫކޮށް ސަޖިދަކުރުމުގައި ޢަމަލުކުރަމުންދެއެވެ. އަބޫ ދާވޫދާއި އަޙްމަދު ރިވާކުރައްވާފައިވާ ހަދީސްފުޅެއްގައި ކާޅު ކޮށްޖަހާފަދައިން ނަމާދުކުރުން ރަސޫލުﷲ صلىالله عليه وسلمއުމަރު ރިޟިއަﷲ އަންހު މިމްބަރަށް އަރާވަޑައިގެން މީސްތަކުންނާ މުޚާތަބުކުރައްވާ ހަރުއަޑުފުޅުން ވިދާޅުވިއެވެ. މީހަކު އިސްލާމްކަންމަތީ މުސްކުޅިވެގެންދާހިނދުވެސް މާތްﷲ އަށްޓަކައި އެންމެނަމާދެއްވެސް ފުރިހަމަނުކުރެވިދާނެއެވެ. އެބައިމީހުން ދެންނެވިއެވެ. އެއީ ކިހިނެތްތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އޭނާ އޭނާގެ ނަމާދަށް ސަމާލުކަމެއް ނުދެއެވެ، ނަމާދުގައި ހުޝޫއަތްތެރިއެއް ނުވެއެވެ."
އެއްދުވަހަކު މަޢުރޫފް އަލް ކަރްޚީ ރިހިމުﷲ ބައެއް ދަރިވަރުންނާއި އެކު ހުންނަވަނިކޮށް އެއް ދަރިވަރަކު އަނެއް ދަރިވަރަށް އިމާމްވެ ނަމާދުކޮށްދިނުމަށް އެދެމުންދިޔައެވެ. ފުރަތަމަ ކުއްޖާ އެކަމަށް އެއްބަސްވެބުންޏެވެ. ތިމަން އިޝާނަމާދު އިމާމްވެ ކުރާނީ ތިބާ ފަތިސްނަމާދު އިމާމުވެ ކޮށްދޭމަތިންނެވެ. މިވާހަކަ އަޑުއައްސަވާފައި މަޢުރޫފް އަލް ކަރްޚީ ސިހިވަޑައިގެން ވިދާޅުވިއެވެ. "މާތް ﷲ ގަންދީ ވިދާޅުވަމެވެ. ތިބާއަށް ފަތިސްނަމާދާހަމައަށް ދިރިހުރެވޭނޭކަމުގައި ތިބާ ހީކުރާނަމަ ތިބާގެ ނަމާދު އަދި ފުރިހަމައެއްނުވެއެވެ."
ނަމާދަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟުކުރެވިގެންވާ މުހިންމު އަޅުކަމެއްކަމުގައި ވީހިނދު އެނަމާދަށް ފަރުވާތެރިވެ ނަމާދު އަދާކުރުމުގައި ތިމާސަމާލުވެ ރައްކާތެރިވާންޖެހޭނެއެވެ. ނަމާދުގައި ހުޝޫއަތްތެރިވެ އެނަމާދު އަދާކުރެވޭ ފަރާތަށް ތިމާ ގެ ހުރިހާ ފިކުރަކާއި ވިސްނުމެއް ޚާލިސްކުރެވޭތޯ މަސައްކަތް ކުރަންވާނެއެވެ. އަޅުގަނޑުމެންނަކީ އިންސާނުން ކަމުގައި ވީހިނދު ތަފާތު ދުނިޔަވީ ޚިޔާލުތަކާއި ފިކުރުތައް ހިތައްވެރިވުމަކީ އެކަށީގެންވާކަމެކެވެ. އެހެންނަމަވެސް ވީހާއަވަހަކަށް އެ ޚިޔާލުތަކާ ދުރުވެ އެނބުރި ނަމާދަށް ސަމާލުވެވޭތޯ ބަލަންޖެހޭނެއެވެ. މާތް ﷲ އަޅުގަނޑުމެންގެ އަޅުކަންތަކުގައި ބަރަކާތްލައްވާ ފުރިހަމަގޮތުގައި ނަމާދު ޤާއިމްކުރާބައެއްކަމުގައި އަޅަމެން ލައްވާށިއެވެ. – އާމީން
އަސްލުލިޔުއްވީ:މުޙައްމަދު އަލް ޝަރީފް

No comments:
Post a Comment